2500 ހައުސިން ޔުނިޓަކީ ކުރީ ސަރުކާރުން އިއުލާންކޮށްފައިވާ ފްލެޓްތަކެއް ނޫން: ފްލެޓް ކޮމެޓީ

2500 ހައުސިން ޔުނިޓަކީ ކުރީ ސަރުކާރުން އިއުލާންކޮށްފައިވާ ފްލެޓްތަކެއް ނޫންކަމަށް ފްލެޓް ކޮމެޓީން ވިދާޅުވެއްޖެއެވެ.

މިއަދު ނޫސްވެރިންނާ ބައްދަލުކޮށް ފުލެޓު ކޮމެޓީން ވިދާޅުވީ 2500 ފްލެޓްގެ ލިސްޓެއް އިއުލާން ކޮށްފައިވަނީ 2018 ވަނަ އަހަރުގެ ނޮވެމްބަރު ހަތަރެއްގައި، ހަތް ހާސް ފުލެޓަށް ކުރިމަތިލި މީހުންގެ ދާއިމީ ލިސްޓާއެކުގައި ކަމަށެވެ. 2500 ފެލެޓްގެ ލިސްޓް ފުރަތަމަ ވެސް ނެރުނީ ލިސްޓް 2 ގެ ނަމުގައި ކަމަށް ވިދާޅުވިއެވެ. އެ ފްލެޓްތަކަށް ކުރިމަތިލައިފައިވާ މީހުންގެ ވަގުތީ ލިސްޓެއްވެސް ނެތްކަމަށް ވިދާޅުވިއެވެ.

 2500 ފަލެޓްގެ ލިސްޓް 2 ނަމުގައި ހަތަރެއް ނޮވެމްބަރު 2018 ގައި ނެރުނު ލިސްޓުގައި ހަތަރު ކެޓަގަރީއަކަށް ފުލެޓް ދިނުމަށް އިޢުލާންކޮށްފައިވާކަމަށް ފްލެޓް ކޮމެޓީން ވިދާޅުވިއެވެ. ފްލެޓްތައް ބެހިފައިވާ ގޮތަކީ މާލެ ރައްވެހިންނަށް 1000 ޔުނިޓާއ 18 އަހަރާ 40 އަހަރާ ދެމެދުގެ ކައިވެނިކޮށްގެން އުޅޭ މީހުންނަށް 500 ޔުނިޓާއި ދަފްތަރު ކެޓަގަރީއަށް 500 ޔުނިޓާއި ނުކުޅެދުންތެރިން ހުންނަ މީހުންނަށް 500 ޔުނިޓްކަމަށް ފުލެޓް ކޮމެޓީން ވިދާޅުވިއެވެ.

ފްލެޓަށް ކުރިމަތިލި 23 ހާސް މީހުންނަކީ ވެސް، ހަތް ހާސް ފުލެޓަށް ކުރިމަތި ލީ މީހުން ކަމަށް ފުލެޓް ކޮމެޓީން ވިދާޅުވިއެވެ. ހަތް ހާސް ފުލެޓްގައި ނުކެޅެދުންތެރިކަން ހުންނަ މީހުންނަށް އޮތީ ދެހާސް ފުލެޓް ކަމަށް ވެސް ފުލެޓް ކޮމެޓީން ވިދާޅުވިއެވެ. އެއިން އެއްވެސް ފުލެޓެއް އުނިކޮށްފައި ނުވާނެކަމަށް ވެސް ވިދާޅުވިއެވެ.

"އެންމެ ފުރަތަމަ ކަމަކަށް ވަގުތީ ލިސްޓުވެސް އޮންނަން ޖެހޭ. 2500 ޔުނިޓް އުފަންވީ ވެސް ހަތް ހާސް ފްލެޓްގެ ދާއިމީ ލިސްޓާއެކު ހަތަރެއް ނޮވެމްބަރ 2018 ގައި. އެހެންކަމުން 2500 ފުލެޓަކީ ކުރީ ސަރުކާރުން ހިންގި މަޝްރޫއެއް ނޫން." ފުލެޓް ކޮމެޓީގެ މެންބަރު ވިދާޅުވިއެވެ.

ކުރީ ސަރުކާރުން ޢިމާރާތްކުރި 2500 ފިލެޓާ ބެހޭގޮތުން މި ސަރުކާރުގެ، މިހާރުގެ ހައުސިން މިނިސްޓަރ ވެސް ހިމެނޭ ގޮތަށް އެއީ ކުރީ ސަރުކާރުން ކުރި މަސައްކަތެއް ނޫންކަމަށް ދޭހަވާ މޭރުމުން ދަނީ ވާހަކަފުޅު ދައްކަވަމުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.