"ކުރިއަށް އޮތް ދެތިން ހަތަރު މަހެއްގެ ތެރޭގައި ހިޔާ ފްލެޓްތަކަށް ވަދެވޭ ވަރުވާނެ"

ކުރިއަށް އޮތް ދެތިން ހަތަރު މަހެއްގެ ތެރޭގައި ހިޔާފްލެޓްތަކަށް މީހުން ވަންނަން ފަށާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކު ޢަބްދުލްއަޒީޒު ވިދާޅުވެއްޖެ އެވެ.

މަބްރޫކް މިހެން ވިދާޅުވީ މިއަދު ރައީސް އޮފީހުގައި ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ދެންނެވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ. މަބްރޫކް ވިދާޅުވީ މިހާރު ކުރިއަށް ދަނީ ހިޔާ ފުލެޓްތަކަށް އަސާސީ ޚިދުމަތްތައް ފޯރުކޮށް ދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ކަމަށެވެ. އެންމެފަހުން ލިބިފައިވާ މައުލޫމާތުތަކުން މެއި ޖޫން ހިސާބުގައި ހިޔާ ފުލެޓަށް ފުރަތަމަ މީހުން ވަދެވެން ފަށާނެކަމަށެވެ. 

ސަރުކާރުން އިއްޔެ ވަނީ ހިޔާ ފުލެޓްތަކުގެ ދާއިމީ ލިސްޓް އިޢުލާން ކޮށްފައެވެ. ދާއިމީ ލިސްޓްގައިވާ ގޮތުން ހިޔާ ފުލެޓް ލިބޭނީ 6720 މީހުންނަށެވެ. ރައީސް ޔާމީންގެ ސަރުކާރުން އިޢުލާންކުރި ހަތްހާސް ފްލެޓަށްއެދި 25000އަށްވުރެ ގިނަ މީހުން ކުރިމަތި ލިއެވެ. ފުލެޓްތަކުގެ ޑައުން ޕޭމަންޓްގެ ގޮތުގައި ދައްކަން ޖެހޭ އަދަދު އަދި ސަރުކާރުން ހާމައެއް ނުކުރައްވައެވެ. 

މިއަދުގެ ނޫސްވެރިންގެ ބައްދަލުގައި ފުލްޓް ކޮމެޓީން ވިދާޅުވީ ދާއިމީ ލިސްޓު އިޢުލާން ކޮށްފައި ވަނީ ހުށަހެޅިފައިވާ ހުރިހާ ޝަކުވާތަކަށް ޖަވާބު ދިނުމަށް ފަހުގައި ކަމެވެ. 8320 ޝަކުވާ ލިބުނު ކަމަށް ފުލެޓް ކޮމެޓީން ވިދާޅުވިއެވެ. ދާއިމީ ލިސްޓުގައިވާ ފަރާތްތަކަށް ފުލެޓް ދޫކުރުމުގެ ކަންތައް ކުރިއަށް ގެންދާނީ ހައުސިން މިނިސްޓްރީން ކަމަށް ވެސް އެކޮމެޓީން ވިދާޅުވިއެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.