މިނިވަންކަން ދެމެހެއްޓުމުގެ ޒިންމާ ވާރުތަވެފައިމިވަނީ އަޅުގަނޑުމެންނަށް: ޢަލީ ނަޒީރު

ދޮންބަންޑާރައިން މިރާއްޖޭގެ މިނިވަންކަމަށްޓަކައި ތަކުރާރުކޮށް ހޮޅީންނާ ހަނގުރާމަކުރައްވައި ހޯއްދެވި މިނިވަންކަން ދެމެހެއްޓުމުގެ ޒިންމާ ވާރުތަވެފައިމިވަނީ އަޅުގަނޑުމެންނަށް ކަމަށް ހޯމްމިނިސްޓްރީގެ ސްޓޭޓް  މިނިސްޓަރ ޢަލީ ނަޒީރު ވިދާޅުވެއްޖެއެވެ. 

އޭނާ މިހެން ވިދާޅުވެފައިވަނީ ހުރަވީ ދުވަހާ ގުޅިގެން ކުރެއްވިޓްވީޓެއްގައެވެ.  "އެ ޒިކުރާ އާކުރާއިރު ގައުމުގެ މިނިވަންކަން ދެމެހެއްޓުމަކީ އަޅުގަނޑުމެންގެ ޒިންމާއެއްކަން ހަނދާންކުރަންޖެހޭ!" ސްޓޭޓް މިނިސްޓަރ ނަޒީރުގެ ޓްވީޓް ނިންމަވާލައްވަމުން ވިދާޅުވިއެވެ.

މިއަދަކީ ހުރަވީ ދުވަހެވެ. ހުރަވީ ދުވަސް ނިސްބަތްވަނީ ހޮޅިންގެ އަޅުވެތިކަމުން ރާއްޖެ ސަލާމަތް ކުރެއްވި އައްސުލްތާނު ޙަސަން ޢިއްޒުއްދީން (ދޮންބަންޑާރައިން) ނަށެވެ. ހުރަވީ ދުވަސް ރާއްޖޭގައި ފާހަގަކުރަން ފެށީ 1980 ވަނަ އަރު ރައީސް މައުމޫންގެ ވެރިކަމުގައެވެ. އެއީ ހިޖުރައިިން 1400 ވަނަ އަހަރުއެވެ. ހޮޅިންގެ  އަޅުވެތިކަމުން  ދިވެހި  ގައުމު  ސަލާމަތްވީ  3  ޖުމާދަލްއާޚިރު  1166 ވިލޭރެއެވެ. އެހެން ކަމުން ހޮޅިންގެ އަޅުވެތިކަމުން ރާއްޖެ ސަލާމަތްވިތާ މިވަނީ  276  އަހަރު ވެފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.