ކުނި މެނޭޖުކުރުމާއި ބެހޭ ގަވާއިދާ ޚިލާފުވުމާ ގުޅިގެން އެންވަޔަރަމަންޓަލް ޕްރޮޓެކްޝާން އޭޖެންސީއި، އީޕީއޭ އިން ވެމްކޯ ޖޫރިމަނާ ކޮށްފިއެވެ.
އެ އޭޖެންސީ އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވާ ގޮތުގައި ވެމްކޯ ޖޫރިމަނާ ކޮށްފައިވަނީ ކުނި އުފުލާ އުޅަނދުފަހަރުން މޫދަށާއި ފަޅުތެރެއަށް ކުނިއަޅާފައިވާތީއާއި ކުނިއެޅުމަށް މަގުފަހިވާ ގޮތަށް އަމަލުކުރަމުން ދިޔުމާއި ގުޅިގެން ކަމަށެވެ. ޖޫރިމަނާ ކޮށްފައިވަނި ތިމާވެށްޓާ ބެހޭ ގާނޫނުގެ 93/4ގެ ދަށުން ހަދާފައިވާ ކުނި މެނޭޖުކުރުމާއި ބެހޭ ގަވާއިދުގެ ދަށުން 1،128،750 ދިވެހި ރުފިޔާއިންނެވެ.
Under The Waste Management Regulation (2013/R-58), Waste Management Cooperation (WAMCO) has been penalised on 11th January 2020 with a fine of MVR 1,128,750 due to the repeated cases of waste disposal into the lagoon area during their operations.
— EPA Maldives (@EPAMaldives) January 12, 2021
އަދި މި ފައިސާ 11 ޖެނުއަރީ 2021 ދުވަހުން ފެށިގެން 30 ދުވަހުގެ ތެރޭގައި އީޕީއޭއަށް ދެއްކުމަށް ވެމްކޯއަށް އަންގާފައިވާ ކަމަށް އީޕީއޭގެ ބަޔާނުގައި ވެއެވެ. ތިލަފުށީ ފަޅާއި މޫދަށް ކުނި އެޅުމާއި، ކުނި އެޅުމަށް މަގުފަހިވާ ގޮތަށް އަމަލުުކުރުމުން އެކަންކަން އިސްލާހު ކުރުމަށް ތަކުރާރުކޮށް އެންގުމުން އިސްލާހުކޮށްފައި ނުވާ ކަަންވެސް އީޕީއޭގެ ބަޔާނުގައި ފާހަގަކޮށްފައި ވެއެވެ.
The announcement issued regarding the penalization of WAMCO due to the repeated mishandling of waste during operations, leading to waste disposal into the sea. pic.twitter.com/FLHmvPwuZy
— EPA Maldives (@EPAMaldives) January 12, 2021