ތިލަފުއްޓަކީ ވޭސްޓް މެނޭޖްމަންޓް ސައިޓެއްގެ ގޮތުގައި މިހާރުވަނީ ފެންނަން ފަށާފަ: މިނިސްޓަރ ޝައުނާ

ތިލަފުއްޓަކީ ވޭސްޓް މެނޭޖްމަންޓް ސައިޓެއްގެ ގޮތުގައި މިހާރުވަނީ ފެންނަން ފަށާފައިކަމަށް އެންވަޔަރަމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޝައުނާ މިހެން ވިދާޅުވީ ވެމްކޯގެ އިސްވެރިންނާ އެންވަޔަރަމަންޓް މިނިސްޓްރީގެ ވޭސްޓް ޑިޕާޓްމަންޓްގެ ވެރިންނާއެކު ތިލަފުއްޓަށް ވަޑައިގެން އެތަނުގެ މަސައްކަތްތައް ބައްލާލެއްވުމަށްފަހު، ވެމްކޯގެ ޓީމްގެ މަސައްކަތަށް ތައުރީފު ކުރައްވާ ވާހަކަ ދައްކަވަމުންނެވެ.

" ތިލަފުއްޓަކީ ވޭސްޓް މެނޭޖްމަންޓް ސައިޓެއްގެ ގޮތުގައި ފެންނަން ފަށައިފި. މިހާރު އެއީ ޑަމްޕްސައިޓެއް ވައްތަރެއް ނުޖަހާ." މިނިސްޓަރ ޝައުނާ ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރ ވަނީ އެތަނުގައި ކުނި މެނޭޖްކުރުމުގައި ދިމާވަމުންދާ ދަތިތަކާއި ހުރި ގޮންޖެހުންތަކުގެ މައުލޫމާތު އޮޅުންފިލުއްވާފައެވެ.

ކުނި މެނޭޖްކުރުމުގައި ދިމާވާ ދަތިތަކާ ބެހޭގޮތުން ވެމްކޯގެ ޖެނެރަލް މެނޭޖަރު އަހްމަދު ޝާފިއު ވިދާޅުވީ މިހާރު ދިމާވާ އެންމެ ބޮޑު ދައްޗަކީ ޖާގައިގެ ދަތިކަން ކަމަށެވެ.

އޭނާ ވިދާޅުވީ ފުލް ފްލެޗްކޮށް ކުނި މެނޭޖްކުރުމުގެ އޮޕަރޭޝަން ހިނގާގަތީމައި ޖާގައިގެ ދަތިކަން ވަރަށް ބޮޑަށް ކުރިމަތިވާނެ ކަމަށެވެ. އަދި އޭރަށް، އިންކަމިން ބޭލްގެ ގޮތުގައި ދުވާލަކަށް 500 އެއްހާ ބޭލް ޕްރޮސެސް ކުރާނެ ކަމަށް ވެސް ޝާފިޢު ވިދާޅުވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.