ސިވިލް ސަރވިސްގެ އިދާރީ މުވައްޒަފުންގެ މުސާރައަށް ބަދަލުގެންނަނީ!

ސިވިލްސަރވިސްގައި ހިމެނޭ އިދާރީ މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑު އެކުލަވާލައި މިހާރު ޕޭ ކޮމިޝަނަށް ފޮނުވަފައިވާކަމަށް ސިވިލްސަރވިސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާ، ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން އެކޮމިޝަނުގެ ރައީސް މުޙައްމަދު ނާޞިޙް ވިދާޅުވީ މި އޮނިގަނޑުގައި މުވައްޒަފުންގެ ފެންވަރުބަލުމާއި މުވައްޒަފުންނަށް ކުރިއެރުން ލިބޭގޮތް ހިމަނާފައިވާނެކަމަށެވެ.

ކުރިއަށްއޮތް އަވަސް މުސްތަޤުބަލުގައި ސިވިލްސަރވިސްގެ އިދާރީ މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލުތަކެއް އަންނާނެކަމަށް އުންމީދުކުރައްވާކަމަށް ނާޞިޙް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ 2020ވަނަ އަހަރު ކޮވިޑް-19ގެ ޙާލަތާ ގުޅިގެން މިމަސައްކަތަށް ކޮންމެވެސް ވަރެއްގެ ލަސްކަމެއް އައިސްފައިވާކަމަށެވެ. އެހެންނަމަވެސް ކުރިއަށްއޮތް އަވަސް މުސްތަޤުބަލުގައި މުސާރައަށް އަވަސް ބަދެލެއް ގެނައުމަކީ ސަރުކާރުގެވެސް އަމާޒެއްކަމަށް ވިދާޅުވިއެވެ.
ސިވިލްސަރވިސް މުވައްޒަފުންގެގޮތުގައި ރާއްޖޭގައި ސައްބީސް ހާހެއްހާ މީހުން ވަޒީފާ އަދާކުރަމުން ދެއެވެ. އޭގެތެރޭގައި އެންމެ ގިނައީ އިދާރީ މުވައްޒަފުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.