ސީއެސްސީ އަށް އައްޔަން ކުރުމަށް ހަތަރު ބޭފުޅަކަށް މަޖިލީހުން ރުހުން ދީފި

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އައްޔަން ކުރުމަށް ހަތަރު ބޭފުޅަކަށް މަޖިލީހުން ރުހުން ދެއްވައިފިއެވެ.

ސީއެސްސީ އިން ހުސްވެފައިވާ ހަތަރު މެމްބަރެއްގެ މަޤާމަށް މި ހަތަރު ބޭފުޅުނަށް ރުހުން ދެއްވުމަށް ފާސްކުރެއްވީ ވަކި ވަކިން އެއްސެވި ވޯޓުން މެމްބަރުންގެ ޢިއްތިފާޤުންނެވެ. މިހަތަރު ބޭފުޅުންނަށް މަޖިލީހުން ރުހުން ދެއްވައިފައި ކޮމެޓީން މަޖިލީހުގެ ތަޅުމަށް ފޮނުވި 13 ބޭފުޅުންގެ ތެރެއިންނެވެ. ކޮމެޓީން ފުރަތަމަ ތަޅުމަށް ފޮނުއްވީ 15 ބޭފުޅުންގެ ނަމެވެ. ޝަރުތު ހަމަ ނުވާކަމަށް ބުނެ ފަހުން ވަނީ ދެ މެމްބަރެއްގެ ނަން ލިސްޓުން އުނިކުރައްވައިފައެވެ. ސީއެސްސީގެ މެންބަރު ކަމަށް 41 މީހަކު ކުރިމަތިލިއެވެ. މަޖިލީހުން ރުހުން ދިން ހަތަރު ބޭފުޅުންނަކީ :-

  •  މުޙައްމަދު ފަރުޞަތު / ހ. ޓޫހާޓްސް
  • ފާތުމަތު ޝަރީފް / މާކޯޅި، ގދ. ތިނަދޫ
  • އިބްރާހިމް ރަޝީދު / ބްލެކް، ރ. މީދޫ
  • މުޙައްމަދު ނާޞިހް / ގ. ފަލްކަންގެ

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.