އަދާލަތު ޕާޓީގެ ރައީސާއި ނާއިބް ރައީސް ކަމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ޢަދާލަތު ޕާޓީގެ މިހާރުގެ ރައީސް ޢިމްރާން ޢަބްދުﷲ

އަދާލަތު ޕާޓީގެ ރައީސާއި ނާއިބް ރައީސް ކަމަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ. 

އެޕާޓީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ތިންވަނަ ދައުރަށް ޕާޓީގެ ރައީސާއި ނާއިބް ރައީސް ހޮވުމަށް  ބާއްވާ، އެޕާޓީގެ ރިޔާސީ އިންތިހާބު މިމަހުގެ 23 ގައި ބޭއްވުމަށް ހަމަޖައްސައިފައިވާ ކަމަށެވެ. އިންތިޚާބުގައި ވާދަކުރަން ބޭނުންވާ  ފަރާތްތަކުން އިއުލާންގައި ލިންކް ކޮށްފައިވާ ފޯމާއެކު ހުށަހަޅަން ޖެހޭ ލިޔެކިޔުންތައް  މިމަހު ނުވަވަނަ ދުވަހުގެ 14:00 ގެ ކުރިން އަދާލަތު ޕާޓީގެ މައި އޮފީހަށް ހުށަހެޅުމަށެވެ.  އެ އިންތިހާބަށް ކުރިމަތިލާ މީހުންގެ ކުށުގެ  ރެކޯޑު ބެލުމަށް އެދޭ ފޯމްވެސް ވަނީ އިއުލާނާއެކު ލިންކްކޮށްފައެވެ. 

އަދާލަތު ޕާޓީގެ އަސާސީ  ޤަވާއިދުގައި ބުނާ ގޮތުން އަންހެނުންނަށް ޕާޓީގެ މިދެމަޤާމަކަށް ކުރިމައްޗެއް ނުލެވޭ ނެއެވެ. ރައީސް އަދި ނާއިބްރައީސްކަމަށް ކުރިމަތި ލުމަށް ފުރިހަމަ ވާން ޖެހޭ ޝަރުތު ތަކުގެ ތެރޭގައި ފިރުހެނަކަށްވާން ޖެހޭ ކަމަށް ވަނީ ބަޔާންކޮށް ފައެވެ. 

އަދާލަތު ޕާޓީގެ އަސާސި ޤަވާއިދަށް އިސްލާހު ގެނެސް އެޕާޓީގެ ރައީސާއި ނާއިބް ރައީސް ކަމަށް އަންހެނުންނަށް ކުރިމަތި ނުލެވޭގޮތް ހަދަން އުޅޭކަމަށް ބުނެ ވަނީ އަޑު ފެތުރިފައެވެ. ނަމަވެސް އަދާލަތު ޕާޓީން ބުނަނީ އަންހެނުންނަށް ފުރުސަތު ހަނި ނުކުރާނެކަމަށެވެ. 

އަދާލަތު ޕާޓީގެ ދާއިރާތަކުގެ އިންތިޚާބު މިދިޔަ ޑިސެމްބަރު ގައި ވަނީ ބާއްވައިފައެވެ. އެޕާޓީގެ ކޮންގްރެސް އަންނަ ފެބުއަރީގައި ބޭއްވުމަށް ވަނީ ހަމައްސައިފައެވެ. ކޮންގްރެސްގެ ކުރިން އެޕާޓީގެ އެެތެރޭގެ އިންތިޚާބުތައް ބާއްވައި ނިންމުމަށް ވެސް ވަނީ ހަމަޖައްސައިފައެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.