މި އަހަރު ރާެއްޖެ އައި ފުރަތަމަ ފަތުރުވެރިޔާއާއެކު 'މޯލްޑިވްސް ބޯޑަރ މައިލްސް' ޕްރޮގްރާމް ފަށައިފިއެވެ.
މިއީ މިފަދަ ޕްރޮގްރާމެއް ދުނިޔޭގައި ފެށި ފުރަތަމަ ފަހަރު ކަމަށް އިމިގްރޭޝަނުން ހާމަކުރެއެވެ. މި ޕްރޮގްރާމަކީ އިމިގްރޭޝަންގެ އިސްނެގުމާއެކު ޓުއަރިޒަމް މިނިސްޓްރީއާއ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަނާއި އެއާޕޯޓު ކޮންޕެނީ ގުޅިގެން ފެށި ޕްރޮގްރާމެކެވެ. މި ފަދަ ޕްރޮގްރާމެެެއް ތައާރަފްކުރުމުގެ މަގްސަދަކީ ކޯވިޑް-19އާ ގުޅިގެން ބޯޑަރު ބަންދުކުރަންޖެހުމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް އައި ހީނަރުކަމުން އަރައިގަނެ ފަތުރުވެރިކަން އާ ހަރުފަތަކަށް ގެންދިއުން ކަމަށް ބޯޑަރ މައިލްސްއިން ހާމަކުރެއެވެ.
Controller General @hanafymv awards Aida (Bronze) Tier of @BorderMilesMv to the first tourist of 2021. pic.twitter.com/ijMwCnTlvZ
— Maldives Immigration (@ImmigrationMV) January 1, 2021
'މޯލްޑިވްސް ބޯޑަރ މައިލްސް' ގެ މެންބަރަކަށް ވުމުގެ ފުރުސަތު ރާއްޖެ އަންނަ ކޮންމެ ފަތުރުވެރިއަކަށް ވެސް ހުޅުވާލާފައެވެ. ޕްރޮގްރާމް ބިނާވެފައިވަނީ ފަތުރުވެރިއަކު ރާެއްޖެ އަންނަ އަދަދާއި އަަދި ރާއްޖޭގައި ހޭދަކުރާ ދުވަހުގެ އަދަދެށެވެ. މި ޕްރޮގްރާމުގެ ދަށުން ޚާއްސަ މުނާސަބަތުތަކާ ގުޅުވައިގެން ރާއްޖެ އަންނަ ފަތުރުވެރިންނަށް އިތުރު ޕޮއިންޓު ލިބޭނެއެވެ. ޕްރޮގްރާމް ރާވާފައިވަނީ ތިން ދަރަޖައަކަށެވެ. އެއީ އައިދަ (ބްރޯންޒް ދަރަޖަ)، އަންތަރަ (ރިހި ދަރަޖަ) އަދި އަބާރަނަ (ރަން ދަރަޖަ) އެވެ. ކޮންމެ ދަރަޖައަކަށް ވާސިލުވުމުން އެ ދަރަޖައަކަށް ކަނޑައެޅިފައިވާ ފައިދާތައް ފަތުރުވެރިންނަށް ލިބޭނެއެވެ.
މި ޕްރޮގްރާމުގައި ބަިއިވެރިވުމުގެ ފުުރުސަތު ރާއްޖޭގައި ފަރުތުވެރިންނަށް ޚިދުމަތްދޭން ރަޖިސްޓަރ ކޮށްގެނ ހިންގާ ހުރިހާ ތަނަކަށް ވަނީ ހުޅުވާލާފައެވެ. ޕްރޮގްރާމާ ގުޅޭ މައުލޫމާތު bordermiles.mv އިން ލިބޭނެއެވެ.