ބޯޑަރު ހުޅުވާލިފަހުން ރެކޯޑް ޢަދަދަކަށް, މިއަދު ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތް ކޮށްފި 

ބޯޑަރު ހުޅުވާލި ފަހުން، ރެކޯރޑް ޢަދަދަކަށް މިއަދު ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ. މިއަދު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ޢަދަދަކީ 1582 އެވެ. 

މިކަން ހާމަކޮށް ޓޫރިޒަމް މިނިސްޓަރ ޑރ. ޢަބްދުﷲ މައުސޫމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބޯޑަރު ހުޅުވާލިފަހުން ދުވާލެއްގެ މައްޗަށް ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ، އާ ރެކޯޑެއް މިއަދު ގާއިމްކޮށްފައިވާކަމަށެވެ. މިދިޔަ އޮކްޓޫބަރު މަހު އެކަނިވެސް 21،000 އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރިކަމަށް ޓޫރިޒަމް މިނިސްޓްރ ވަނީ ފާހަގަ ކުރައްވައިފައެވެ. އެހެންކަމުން ލަފާކުރި އަދަދު ހަޤީޤަތަށް ވެފައިވާ ކަމަށް ވެސް ޓޫރިޒަމް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. 

ރާއްޖެގެ ބޯޑަރު ހުޅުވާލި ފަހުން މިދިޔަ މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް 37،468 ފަތުރުވެރިން ވަނީ ރާއްޖެ ޒިޔާރެރާތްކޮށްފަ އެވެ. މިޢަދަދާއެކު މި އަހަރު ރާއްޖެއަށް ޒިޔާރަތްކުރި  ފަތުރުވެރިންގެ ޖުމުލަ  އަދަދު ވަނީ 420،315 އަށް އަރާފަ އެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.