ރީތި ނަމްބަރު ތަކެއް، ރަނގަޅު ކާމިޔާބީ އެއް

ފޮޓޯ: މިނިސްޓްރީ އޮފް ޓުއަރިޒަމް

ފަތުރުވެރިކަމުގައި ފެންނަމުން ދަނީ ރީތި ނަމްބަރުތަކާކާއި  ރަނގަޅު ކާމިޔާބީއެއް ކަމަށް ފަތުވެރިކަމާ ބެހޭ  ވަޒީރު ޑރ. ޢަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ. 

ރާއްޖެ ޓީވީގެ "ފަސް މަންޒަރު" ގައި ފަތުވެރިކަމާ ބެހޭ ވަޒީރު މިމޭރުމުން ވާހަކަ ދެއްކެވީ މިހާރު ރާއްޖެއަށް ޒިޔާރަތްކުރަމުންދާ ފަތުރުވެރިންގެ އަދަދު  އަންދާޒާތަކަށް ވުރެވެސް އިތުރު ވެފައިވާތީއެވެ. 

ބޯޑަރު ހުޅުވާލިފަހުން އެއްލައްކަ ފަތުރުވެރިން ޒިޔާރަތްކުރާނެކަމަށް ކުރިން އަންދާޒާކުރި މުއްދަތަކަށް ވުރެ މާކުރިން އެއްލައްކަވަނަ ފަތުރުވެރިޔާ ވެސް ވަނީ ޒިޔާރަތްކޮށްފައެވެ. ރާއްޖެއަށް މިއަހަރު ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ފަސްލައްކައަށް އަރާނެކަމަށް ޓޫރިޒަމް މިނިސްޓްރީން ފުރަތަމަ އަންދާޒާކުރީ  މިމަހު 25 ގައެވެ. ނަމަވެސް ފުތުވެރިން ޒިޔާރަތްކުރާ  މިންވަރު އިތުރުވުމުން އެ ލަނޑު ދަނޑި ހާސިލްވާނެކަމަށް ކުރިން ކަނޑަ އެޅި ތާރީހް މިމަހު  19 އަށް ބަދަލުކުރެއްވިއެވެ. ނަމަވެސް އެތާރީހަށް ވުރެވެސް ކުރިން ފަސްލައްކަ ވަނަ ފަތުރުވެރިޔާ ޒިޔާރަތްކުރީ މިމަހު 17 ގައެވެ.  

ފަތުރުވެރިން ޒިޔާރަތްކުރާ  އަދަދު އިތުރުވަމުން ދިއުމުން މިހަރުގެ ނިޔަލަށް 525000  ފަތުރުވެރިން ރާއްޖެއަށް ގެނެވޭނެކަމަށް ޓޫރިޒަމް މިނިސްޓްރީން އަންދާޒާކުރެއްވިއެވެ. ނަމަވެސް މިހާރު ވަނީ އެ ޢަދަދުވެސް ބަދަލުކޮށް މިއަހަރު 545000 ފަތުރުވެރިން ޒިޔާރަތްކުރާނެ ކަމަށް އަންދާޒާ ކޮށްފައެވެ.  ފަަތުރުވެރިކަމާ ބެހޭ ވަޒީރު ވިދާޅުވީ މިހަރުގެ ބާކީ 10 ދުވަސް ތެރޭގައި ވެސް 40 ހާސް ފަތުރުވެރިން ޒިޔާރަތްކުރާނެކަމަށް އަންދާޒާކުރައްވާކަމަށެވެ. 

ދުވާލެއްގެ މައްޗަށް ފަތުރުވެރިން ޒިޔާރަތްކުރާ އަދަދު މިހާރު ވަނީ ކޯވިޑްގެ ކުރިން އެވްރެޖްކޮށް ދުވާލަކު ފަތުރުވެރިން ޒިޔާރަތްކުރާ އަދަދާ އެއްވަރު ވެފައެވެ. މިހާރު ދުވާލެއްގެ މައްޗަށް ފަތުރުވެެރިން ޒިޔާރަތްކުރާ އަދަދު މިވަނީ ހަތަރު ހާހުން މަތިވެފައެވެ. އިއްޔެ އަދަދުތައް ވަނީ ފަސް ހާހުންމަތިވެ،  5555 އަކަށް ވުރެ ވެސް މަތިވެފައެވެ. ޕްރައިވެޓް ޖެޓް ތަކުގައި ޒިޔާރަތްކުރި ފަތުރުވެރިންނާއެކު އިއްޔެގެ އަދަދު ވެސް 5678 އަށް އަރާނެކަމަށް ވަޒީރު އަންދާޒާ ކުރައްވައެވެ. ފަތުރުވެރިން އިއްޔެ ޒިޔާރަތްކުރި އަދަދުވެސް ރީތި ނަމްބަރަކަށް ދިމާވޭނެ ކަމަށް އަންދާޒާކުރައްވާ އިރު މިމަހު 19ގައިވެސް އުޅެނީ 4567 ގައެވެ.  ރީތި  ނަމްބަރު ތަކާއެކު ފަތުރުވެރިން ޒިޔާރަތްކުރާ އަދަދު ދުވަހުން ދުވަހަށް މިދަނީ އިތުރުވަމުންނެެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.