އާ އަހަރަށް ބޮލީވުޑްގެ ބައެއް ތަރިން ރާއްޖޭގައި

އާ އަހަރު ފާހަގަ ކުރުމަށް ބޮލީވުޑްގެ ބައެއް ތަރިން ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެއެވެ. އިއްޔެ އަނާނިޔާ ޕާންޑޭ އާއި އިޝާން ކައްޓަރު އަދި ސިދާތު މަލޯތުރާ އާއި ކިއަރާ އަދްވާނީ ވަނީ އިއްޔެ ރާއްޖެ އައިސްފައެވެ. އިޝާން އާއި އަނާނިޔާ ޗުއްތީ ހޭދަކުރަމުން ދަނީ ސަންސިޔާމް އިރުވެލީގައެވެ. ސިދާތާއި ކިއާރާ ޗުއްޓީ ހޭދަކުރަމުން ގެންދަނީ ޑިސްކަވަރ ސޮނޭވާގައެވެ.

އިޝާން. ފޮޓޯ: އިންސްޓެގްރާމް

މީގެ އިތުރަށް ދިޝާ ޕަޓާނީ އާއި ޓައިގަރ ޝްރޮފް ވެސް ރާއްޖޭގައި އެބައުޅެއެވެ. ޓައިގަރ އާއި ދިޝާ ޗުއްޓީ ހޭދަކުރަމުންދާ ރިސޯޓެއް ނޭނގެއެވެ. މި ދެ ތަރިން ވަނީ މިިދިޔަ ނޮވެންބަރު މަހުގެ ފަހުކޮޅުވެސް ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައެވެ. ދިޝާ އާއި ޓައިގަރ މިފަހަރު ރާއްޖެ އައީ ކްރިސްމަސް އާ އާ އަހަރު ފާހަގަކުރުމަށެވެ. ކިއަރާ، ސިދާތު އަދި އަނާނިޔާ އާއި އިޝާން ރާއްޖެ އައީ އިއްޔެ އެވެ. 

ކޮވިޑަށްފަހު ރާއްޖެ އަންނަ ބޮލީވުޑްގެ ތަރިން ވަނީ އިތުރުވެފައެވެ.  

ކިއާރާ. ފޮޓޯ: އިނސްޓެގްރާމް
މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.