'ފަންނޭ ޚާން' ގެ ފުރަތަމަ ޕޯސްޓަރު ދައްކާލައިފި

މިއުޒިކަލް ކޮމެޑީ ފިލްމު 'ފަންނޭ ޚަން' ގެ ފުރަތަމަ ޕޯސްޓަރު ދައްކާލައިފިއެވެ. ޕޯސްޓަރުން އަނިލް ކަޕޫރް ފެންނަ އިރު އޭނާގެ ދެކޮނޑުމަތީން އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ މުހައްމަދު ރަފީއުގެ ކުދި ދެ ތަސްވީރު ފެނެއެވެ. އަނިލް ކަޕޫރް އެއް އަތުގައި އޮންނަނީ ޓްރަމްޕެޓެކެވެ. އޭނާ ހުންނަނީ އަނެއް އަތުން ތަށިބަރި އެއް ހިފައިގެންނެވެ. ތަށިބަރިން ދައްކައިދެނީ މިއުޒިކުގެ ސިނާއަތުގައި އޭނާގެ ނަން ފާއްދާން އޭނާ އެކަނިމާ އެކަނި ކުރާ ބުރަ މަސައްކަތެވެ. އޭނާ ލަވަކިޔުންތެރިއަކަށް ވާނަ ބޭނުން ވިއަސް އޭނާއަކީ އެހައި ފުދުންތެރިއެއް ނޫނެވެ. ތަށީބަރި ހިފައިގެން އުޅެނީ އެހެންވެގެންނެވެ.

https://www.instagram.com/p/BkaAC1wAgbG/?hl=en&taken-by=anilskapoor

މި ފިލްމުގެ މާބޮޑު ތަފްސީލެއް އަދި މީޑިއާއަށް ހާމައެއް ނުކުރެއެވެ. އެނގޭހާވެސް އެއްޗަކީ މިއީ ބެލްޖިއަމްގެ ފިލްމު 'އެވްރިބޮޑީ އިޒް ފޭމަސް' ގެ ރަސްމީ ރީމޭކެއް ކަމެވެ. 'އެވްރިބޮޑީ އިޒް ފޭމަސް' އަކީ 2001ވަނަ އަހަރު ބޭރުބަހަކުން އުފައްދާފައިވާ އެންމެ މޮޅު ފިލްމަށް ނޮމިނޭޓް ވެފައިވާ ފިލްމެކެވެ.

ފަންނޭ ޚާން އށް ނަގާފައިވަނީ ވަރުގަދަ ކާސްޓެކެވެ. ފިލްމުގެ ކާސްޓަކީ އަނިލް ކަޕޫރް އާއި އައިޝްވާރްޔާ ރާއި ބައްޗަން އާއި ރާޖްކކުމާރް ރާއޯ އަދި ދިވްޔާ ދަތުއެވެ. މިއީ އަނިލް ކަޕޫރް އާއި އައިޝްވާރްޔާ ރާއީ 1999ވަނަ އަހަރު ކުޅުނު ފިލްމު 'ތާލް' ގެ ފަހުން އެކުގައި ކުޅޭ ފުރަތަމަ ފިލްމެވެ. 'ފަންނޭ ކާޏް' ގެ ޑައިރެކްޓަރަކީ އަތުލް މަންޖްރޭކާރް އެވެ. ފިލްމު ސިނަމާތަކަށް އަންނާނީ މިއހަރުގެ އޯގަސްޓު މަހުގެ 3ވަނަ ދުވަހުއެވެ.

ފިލްމުގެ ޕޯސްޓަރާ އެކު އަނިލް ކަޕޫރް އިންސްޓެގްރާމްގައި ބުނެފައިވާ ގޮތުން ފިލްމުގެ ޓީޒަރ މާދަމާ ނެރޭނެއެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.