ރާއްޖެ ތަރައްގީވެގެން ދާނީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން: ރައީސުލްޖުމްހޫރިއްޔާ

ފޮޓޯ: ރައީސް އޮފީސް

ރާއްޖެ ތަރައްޤީ ވެގެން ދާނީ ލާމަރުކަޒީ ނިޒާމުގެ ތެރެއިންކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލީހު ވިދާޅުވެއްޖެއެވެ. 

ރައީސް މިހެން ވިދާޅުވީ ދިވެހި  ދިވެހިރާއްޖޭގެ އަޑުގެ 58 ވަނަ އަހަރީ ދުވަހާ ގުޅިގެން މިއަދު ހެނދުނު ގެނެސްދިން "ބާއްޖަވެރި ހެނދުނެއް" ގެ ޚާއްޞަ ޕްރޮގްރާމުގައި ބައިވެރިވެ ވަޑައިގެން އެހުންތެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. 

މި ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ސަރުކާރުގެ އެންމެ މުހިންމު ސިޔާސަތަކީ މާލެއަށް ތޮއްޖެހިފައި އޮތް ބާރުތައް ލާމަރުކަޒު ކުރުން ކަމަށެވެ. ރައީސް ވިދާޅުވީ 1960 ގެ ކުރިއަށް ބަލާއިރު ރާއްޖޭ ބައެއް ރަށްރަށަކީ ވަރަށް ބޮޑަށް ތަރައްގީ ވެފައިވާ ރަށްތަކެއްކަމަށެވެ. އަމިއްލަ ފައިމައްޗަށް ތެދުވެ ވިޔަފާރިކޮށް އުޅުނުކަމަށެވެ.  އެއީ އޭރު އެރަށްރަށުން ރާއްޖެއިން ބޭރަށް ދަތުރުކޮށް ވިޔަފާރީގެ މުއމަލާތް ކުރުމުގެ ފުރުސަތު އޮތުމުންކަން ފާހަގަ ކުރެއްވިއެވެ. އޭރު ކޮންމެ އަތޮޅެއްގައި ވެސް އެއްރަށް ނުވަތަ  ދެރަށް އެފަދަ ގޮތަކަށް ވިޔަފާރީގެ މުއާމަލާތްތައް ބޭރު ގައުމުތަކާއެކު ކުރަމުން ދިޔަކަން ފާހަގަކުރެއްވިއެވެ.  ނަމަވެސް ފަހުން ސަރުކާރުގެ ސިޔާސަތަށް ގެނައި ބަދަލާ ގުޅިގެން ހުރިހާ ކަމެއް މާލެއަށް މަރުކަޒު ކުރެވުމާ ގުޅިގެން ރަށްރަށުގެ ތަރައްގީ އަށް އަނަންޖެހޭ ކުރިއެރުން މަޑުޖެހި ދިޔަކަން ފާހަގަ ކުރެއްވިއެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ރާއްޖެ ތަރައްގީ ވެގެންދާނީ ލާމަރުކަޒީ ނިޒާމެއްގެ ތެރެއިން. ރަށްރަށަށް ބާރުތައް ދުކޮށްލެވެންޖެހޭ. ވިޔަފާރީގެ މުއާމަލާތްތައް ހިންގުމުގެ ބާރުތައް ދޫކޮށްލެވެން ޖެހޭ. އަދި ސިއްހީ، ތަޢުލީމީ ނިޒާމުވެސް ބަށްޓަން ކުރެވިގެން ދާންޖެހޭނީ ލާމަރުކަޒުކޮށްގެން. އޭރަށް އެ ބަދަލުތައް އަންނާނީ" ރައީސް ވިދާޅުވިއެވެ. 

ލާމަރުކަޒުކުރުމުގެ  ޤާނޫނުގެ ދަށުން މިހާރުވެސް ވަރަށް ގިނަ ބާރުތައް ދޫކޮށް ލެވިފައިވާނެކަން ފާހަގަ ކުރެއްވިއެވެ. މިހާރު އެންމެ އިސްކަމެއް ދެއްވައިގެން ކުރިއަށް ގެންދަވަނީ ސިއްހީ ނިޒާމު ލާމަރުކަޒު ކުރުން ކަމަށް ފާހަގަ ކުރެއްވިއެވެ. އަދި އޭގެ ނަތީޖާވެސް ފެންނަމުން ދާކަމަށް ވިދާޅުވިއެވެ. 

ކޮވިޑްގެ ފުރަބަންދާ ގުޅިގެން މާލެއަށް ސިއްހީ ހިދުމަތް ހޯދުމަށް އަންނަން ވަރަށް ބޮޑެތި ދަތިތައް ކުރިމަތިވިކަން ފާހަގަކުރައްވައި، އެދަނޑިވަޅުގައި އަތޮޅުތަކުގައި ގާއިމްކޮށްފައިވާ ޚިދުމަތްތަކުގެ ބޭނުން ރަށްރަށުގެ ރައްޔިތުން ހިފަމަުން ދިޔަކަން ފާހަގަކުރެއްވިއެވެ.  އެހެން ކަމުން އެތަންތަނުން ދެމުންދާ ޚިދުމަތް ތައް ރައްގީކުރުމަށް އިސްކަން ދެއްވައިފައިވާކަމަށް ވިދާޅުވިއެވެ. 

ލާމަރުކަޒީ ނިޒާމު ކާމިޔާމު ކުރެއް ވުމަށް ރައްޔިތުންގެ މަޖިލީހާއި ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ތެރެއިން ރައީސް އިބްރާހީމް މުޙައްމަދް ޞާލިޙް ކުރެއްވި މަސައްްކަތް ޕުޅާ ބެހޭގޮތުންވެސް "ބާއްޖަ ވެރި ހެނދުނެއްް" ގައި ވާހަކަ ފުޅު ދެއްކެވިއެވެ. 

ފޮޓޯ: ރައީސް އޮފީސް 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.