މިއަހަރުގެ ނިޔަލަށް އިތުރު ފަސްލައްކަ ފަތުރުވެރިން ގެނެވޭނެކަމަށް ލަފާކުރޭ

ބޯޑަރު ހުޅުވާލުމަށްފަހު މިއަހަރުގެ ނިޔަލަށް އިތުރު ފަސްލައްކަ ފަތުރުވެރިން ގެނެވެނޭކަމަށް ލަފާކުރެވޭ ކަމަށް މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ކޯޕަރޭޝަން، (އެމްއެމްޕީއާރުސީ) ގެ މެނޭޖިންގ ޑިރެކްޓަރ ޠައްޔިބު މުޙައްމަދު ވިދާޅުވެއްޖެއެވެ.

އެންއިއޯސީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމުގައި އެމްޑީ ޠައްޔިބް ވިދާޅުވީ ބޯޑަރު ހުޅުވާލުމަށްފަހު ވެސް ފަސްލައްކައަށް ވުރެ ގިނަފަތުރުވެރިން ގެނެވޭނެ ކަމަށް އުއްމީދު ކުރެވޭ ކަމަށެވެ. ސަބަބެއް ކަމަށް ވިދާޅުވީ މިދިޔަ އަހަރުގެ ޖުލައި މަހުން ފެށިގެން ރާއްޖެއަށް 12 ހާހެއްހާ ފްލައިޓް އައިސްފައިވާއިރު މިއަހަރު އޭގެ 50 އިންސައްތަ ފްލައިޓް ގެނެވުނު ނަމަވެސް އެޢަދަދަށް ފަތުރުވެރިން ގެނެވޭނެކަމަށް ބެލެވުމެވެ.  ބޯޑަރު ހުޅުވާލުމާއެކު ރާއްޖެއަށް ފަތުރުވެރިން އުފުލާ ގިނަ އެއަރލައިންތަކުގެ ދަތުރުތައް ފަށާނެކަމުގެ ޔަޤީންކަން މިހާރު ވަނީ ދީފައެވެ. އެގޮތުން 11 އެއަރލައިނަކުން އެ ޔަޤީންކަން ދީފައިވާއިރު ދެ އެއަރލައިންގެ ފްލައިޓް ބޯޑަރު ހުޅުވާލާ ދުވަހުވެސް ބޭވުމަށް ވަނީ ނިންމައިފައެވެ.

މީރެގެ ޕްރެސް ކޮންފަރެންސްގައި ޓޫރިޒަމް މިނިސްޓަރ ޢަލީ ވަހީދު ވިދާޅުވީ މިއަހަރު ފަށައި ގަތީ ދެމިލިއަން ފަތުރުވެރިންގެ އަމާޒާ އެކު ކަމަށެވެ. ނަމަވެސް ކޮވިޑާ ގުޅިގެން ބޯޑަރު ބަންދު ކުރުމާ ހަމައަށް ގެނެވިފައިވަނީ ހަތަރު ލައްކަ ފަތުރުވެރިން ކަމަށެވެ. ނަމަވެސް އަލުން ބޯޑަރު ހުޅުވާލުމާއެކު، ރައީސުލްޖުމްހޫރިއްޔާވެސް ވިދާޅުވެފައިވާ ފަދައިން މިއަހަރު އަންދާޒާއަކީ 8 ލައްކަ 50 ހާސް ފަތުރުވެރިންކަމަށެވެ. މިދިޔައަހަރު ރާއްޖެއަށް ރެކޯރޑް ޢަދަދަކަށް ފަތުރުވެރިން އައިސްފައިވާކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.