މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރާ ފަތުވެރިޔާ މިއަދު ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. ފަސްލައްކަ ވަނަ ފަތުރުވެރިޔަކީ އިިރޭޓްސް ފްލައިޓުން މިއަދު ހެދުނު ރާއްޖެއައި ޖަރުމަނު ވިލާތުގެ ރައްޔިތެއްކަމުގައިވާ ކްރިސްޓީނާ މެޑަލިންނެވެ. ފަސްލައްކަ ވަނަ ފަތުރުވެރިޔާއަށް މަރުހަބާކިޔުމަށް ވެލާނާ އިންޓަރ ނޭޝަަލް އެއަރޕޯރޓްގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ވެސް ބާއްވައިފައެވެ. ފަސްލައްކަ ވަނަ ފަތުވެރިޔާކަން އަންގައިދޭ ޝޭޝް އަކާއެކު މާފައްޗަކުން އިމިގްރޭޝަން ކައުންޓަރުން އޭނާއަށް މަރުހަބާ ކިޔާފައެވެ. ފަސްލައްކަ ވަނަ ފަތުރުވެރިޔާއަށް މަރުޙަބާކިޔުމަށް ބޭއްވި ރަސްމިއްޔާތުގައި ާޓޫރިޒަމް މިނިސްޓްރީއާއި އެމްއެމްޕީއާރުސީއާއި އެމްއޭސީއެލް އާއި އިމިގްރޭޝަންގެ އިސްވެރިން ބައިވެރިވަޑައިގެނެންވިއެވެ.
ކުރިން ލަފާކޮށްފައި އޮތީ ފަސްލައްކަ ވަނަ ފަތުރުވެރިޔާ ޒިޔާރަތްކުރާނީ މިމަހު 19 ގައި ކަމަށެވެ. ނަމަވެސް މިއަދު މިވަނީ ފަސްލައްކަ ވަނަ ފަތުރުވެރިޔާ ޒިޔާރަތްކޮށްފައެވެ.
ޖުލައި 15 ގައި ބޯޑަރު ހުޅުވާލި ފަހުން ރާއްޖެއަށް ޒިޔާރަތްކުރި އެއްލައްކަވަނަ ފަތުވެރިޔާ ރާއްޖެއަށް ޒިޔާރަތްކުރީ މިދިޔަ ހޮނިހިރު ދުވަހުއެވެ. އެއަދަދު ވެސް ހަމަ ވެފައިވަނީ ލަފާކުރި ތާރީހަށް ވުރެ ކުރިންނެވެ.
ބޯޑަރު ހުޅުވާލި ފަހުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ވަނީ ވަރަށް ބޮޑުތަނުން އިތުރުވެފައެވެ. މިއަހަރު ނިމޭއިރު ރާއްޖެއަށް 525000 ފަތުރުވެރިން ޒިޔާރަތްކުރާނެ ކަމަށް ކުރިން އޮތީ ލަފާ ކޮށްފައެވެ. ކަނޑައަޅާ ޓާގެޓަށް ވުރެ ކުރިން އަދަދުތައް ހާސިލުވަމުން އަންނަތީ މިއަދަދުވެސް ބަދަލުވުމުގެ ފުރުސަތު ވަރަށް ބޮޑެވެ.
ޓޫރިޒަމް މިނިސްޓްރީން އަންދާޒާކޮށްފައިވަނީ އަންނަ އަހަރު 1.5 މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރާނެކަމަށެވެ. އަދި 10 މިލިއަނަށް ވުރެ ބެޑްނައިޓް އިތުރުކުރެވޭނެކަމަށެވެ. 2019 ގައި 1.7 މިލިއަން ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.