ހުވަދު އަތޮޅުގައި ފެނަކައިގެ އޮފީސް އިމާރާތަކާއި ތިން އިންޖީނުގެއެއްގެ ބިންގާ އަޅައިފި

ހުވަދު އަތޮޅުގައި ފެނަކަ ކޯޕަރޭޝަންގެ އޮފީސް އިމާރާތަކާއި ތިން އިންޖީނުގެއެއްގެ ބިންގާ އަޅައިފި އެވެ. 

ހުވަދު އަތޮޅުގެ ހަތަރު ރަށެއްގައި މިއަދު ފެށި ފެނަކައިގެ މި ހަތަރު މަޝްރޫއުގެ ބިންގާ އަޅައި ދެއްވުމުގައި ފެނައިކައިގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު ސަޢީދު ބައިވެރިވަޑައިގެންނެވިއެވެ.

ފެނަކައިގެ އާ އޮފީސް އިމާރާތުގެ ބިންގާ އެޅީ ގއ. ކޮލަމާފުށީގައެވެ. އޮފީސް ޢިމާތުގެ ބިންގާ އެޅައި ދެއްވީ އެކުންފުނީގެ އެމްޑީ އާއި އެރަށު ކައުންސިލްގެ ރައީސް އިބްރާހީމް އަލީމްއެވެ. މި އޮފީސް އިމާރާތުގެ މަސައްކަތް 250 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ހަވާލުކޮށްފައި ވަނީ ކަރާ ކޮންސްޓްރަކްޝަނާއެވެ. ކަރާ ކޮންސްޓްރަކްޝަންގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީ އެމްޑީ ހަސަން ވަހީދެވެ. ފެނައިގެ ފަރާތުން ސޮއިކުރެއްވީ އެމްޑީ އަޙްމަދު ސަޢީދެވެ. 

އިންޖީނުގެތަކުގެ ބިންގާ އަޅާފައިވަނީ ގދ.ތިނަދޫ، ގދ.ގައްދޫގެ އިތުރުން ގދ.ރަތަފަންދޫގައެވެ. ތިނަދޫ އިންޖީނު ގޭގެ ބިންގާ އަޅައިދެއްވީ ފެނަކައިގެ އެމްޑީ ސަޢީދާއި ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު ޢބަދުﷲ ސަނީފާއި ތިނަދޫ އުތުރު ދާއިރާގެ މެންބަރު ޢަބްދުލް މުޣުނީއެވެ. ރަތަފަންދޫ އިންޖީނު ގޭގެ ބިންގާ އަޅައިދެއްވީ ފެނަކައިގެ އެމްޑީ އާއި ރަތަފަންދޫ ކައުންސިލްގެ ރައީސް ހުނައިފް އަސްލަމް އެވެ. ގައްދޫ ގައި އަލަށް އިމާރާތް ކުރާ އިންޖީނުގެ ބިންގާ އަޅައިދެއްވީ ފެނައިގެ އެމްޑީ ސަޢީދާއި ގައްދޫ ދާއިރާގެ މެންބަރު އަޙުމަދު ޒާހިރެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.