އަންނަ އަހަރު 1.5 މިލިއަން ފަތުރުވެރިން ރާއްޖެ އަށް ގެނައުމުގެ އަމާޒު ކަނޑައަޅައިފި

ފޮޓޯ: މިނިސްޓްރީ އޮފް ޓުއަރިޒަމް

އަންނައަހަރު ރާއްޖެއަށް 1.5 މިލިއަން ފުރުތުރުވެރިން ގެނައުމުގެ އަމާޒު ޓޫރިޒަމް މިނިސްޓްރީން ކަނޑައަޅައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އަންދާޒާކޮށްފައި ވަނީ 1.5 މިލިއަން ފަތުރުވެރިންނާއެކު އަންނަ އަހަރު 10 މިލިއަނަށްވުރެ ވެސް ބެޑް-ނައިޓްސް އިތުރުވާނެކަމަށެވެ. އަދި މިއަހަރުގެ ނިޔަލަށް 52500 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރާނެކަމަށެވެ.

ބޯޑަރު ހުޅުވާލިފަހުން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މިއަދު ވަނީ އެއްލައްކަ އަށް އަރާފައެވެ. އެލައްކަވަނަ ފަތުރުވެރިނާއެކު ރާއްޖެއަށް މިއަހަރު ޒިޔާރަތްކުރު ފަތުރުވެރިންގެ ޖުމުލަ ޢަދަދު ވަނީ ފަސްލަކައަށް ވުރެ މަތިވެފައެވެ. ކޯވިޑަށްފަހު ސަރުކާރުގެ އަމާޒަކީ މިއަހަރު ފަސްލަ ފަތުރުވެރިން ގެނައުމެވެ. ނަމަވެސް އަހަރު ނިމުމުގެ ކުރިން މިވަނީ ސަރުކާރުގެ ކަނޑައެޅި އަމާޒަށް ވާސިލުވެވިފައެވެ.

މިދިޔަ އަހަރު ރާއްޖެއަށް ވަނީ 1.7 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. އެއަދަދާއެކު ރާއްޖެއަށް މިއަހަރު ޒިޔާރަތްކުރާނެ ކަމަށް ފުރަތަމަ އަންދާޒާކުރީ ދެމިލިން ފަތުރުވެރިންނެވެ. ނަމަވެސް ކޮވިޑްގެ ބަލިމަޑުކަމުގެ ސަބަބުން ރާއްޖެއާއި އަދި ދުނިޔޭގެ ގިނަ ޤައުމުތަކެއްގެ ބޯޑަރު ބަންދު ކުރުމުން ރާއްޖޭގެ ފަތުރުވެރިކަން އެއްކޮށް ވަނީ ހުއްޓިފައެވެ. ކޯވިޑްގެ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލީ ޖުލައި މަހުގެ ފަނަރަވަނަ ދުވަހުއެވެ. ބޯޑަރު ހުޅުވާލި ފަހުން މަހުންމަހަށް ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ ޢަދަދު ދަނީ އިތުރުވަމުންވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.