ފަތުރުވެރިކަމުން އާއްމުންގެ އިގްތިސާދަށް އެނގުންވާ މިންވަރު އަދިވެސް މާ ކުޑަ: ރައީސް

ފަތުރުވެރީން ރާއްޖެ އަންނަ އަދަދާއި، ލިބޭ އާމްދަނީ އަށް ބަލާއިރު އާއްމު ފަރުދުންގެ އިގްތިސާދަށް އެނގުންވާ މިންވަރު އަދިވެސް ކުޑަ ކަމަށް ރައީސް އިބްރާހީމް މުޙައްމަދް ޞާލިޙް ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ފަތުރުވެރިކަމުގެ މުނާސަބަތުގައި މިއަދު ފޮނުއްވި ޚިޠާބުގައި ރައީސް ވިދާޅުވީ އަމާޒަކަށް ވާންވީ "ދުނިޔޭގެ ބާޒާރުގައި ދިވެހި ފަތުރުވެރިކަމަށް ލިބިފައިވާ މަޤްބޫލުކަމުގެ ފައިދާ، މިހާރަށްވުރެވެސް ފުޅާގޮތެއްގައި، ވަކިވަކި ފަރުދުންނަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސުމެވެ. ރާއްޖޭގައި ހުރި ޓޫރިސްޓް އެނދުގެ ޢަދަދާއި، ރާއްޖެ އަންނަ ފަތުރުވެރިންގެ ޢަދަދާއި، ފަތުރުވެރިކަމުން ލިބޭ އާމްދަނީއާ އަޅައިބަލާއިރު، ފަރުދުންގެ އިޤްތިޞާދަށް އެނގުންވާ މިންވަރު އަދިވެސް މާކުޑައެވެ. އެކަމަށް އޮތް އެންމެ ރަނގަޅު ޙައްލަކީ، ރަށު ފަތުރުވެރިކަން އަދިވެސް ފުޅާ ކުރުން" ކަމަށެވެ.

މިހާރަށްވުރެ ބޮޑަށް ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ވިޔަފާރި ފަތުރުވެރިކަމާއި ސަގާފަތާއި ތަރިކައިގެ ފަތުރުވެރިކަމާއި ކުޅިވަރު ކުޅިވަރު ފަތުރުވެރިކަން އަދި ބޭސްފަރުވާގެ ފަތުރުވެރިކަން ރާއްޖެއަށް ތައާރަފްކުރުމުގެ މުހިއްމުކަމުގެ މައްޗަށް އެ މަނުކުފާނު އަލިއަޅުއްވައިލެއްވިއެވެ.

ދިވެހި ފަތުރުވެރިކަމުގެ ނާރެހަކީ ޖަޒީރާ ތަކުގެ ރީތިކަމާއި ގުދްރަތީ މުއްސަނދިކަން ކަމުގައި ރައީސް ފާހަގަކުރެއްވިއެވެ. "ދިވެހި ފަތުރުވެރިކަމުގެ ނާރެހަކީ، މި ޖަޒީރާތަކުގެ ޠަބީޢީ ރީތިކަމާއި ޤުދުރަތީ މުއްސަނދިކަމެވެ. ކަނޑުފަޅުތަކާއި، ގިރިފަރުތަކާއި، ނޫ ވިލުތަކާއި، ދޮންވެލި ގޮނޑުދޮށްތަކާއި ތުނޑިތަކުގައިވާ ދިރުންތަކެވެ. ރަށްރަށުގެ ހޭޅިފަށާއި، ވައުތަކާއި، ކުޅިތަކާއި، ފާތަކުގައި އެވާ ދިރުންތަކަކީވެސް، މި ރާއްޖޭގެ ނަލަކަމުގެ އެއްބައެވެ. އެހެންކަމުން، ތިމާވެށި ޙިމާޔަތްކޮށް، އެ ދިރުންތަކަށް ހޭހަންކުރުމަކީ، ރާއްޖޭގެ ފަތުރުވެރިކަން ދެމެހެއްޓުމަށްޓަކައި، ކޮންމެ ފަރުދެއްގެ ކޮނޑުގައި އެޅިފައިވާ ޤައުމީ ވާޖިބެކެވެ." އެ މަނިކުފާޏު ވިދާޅުވިއެވެ.

ދުނިޔޭގެ ފެންވަރުގައި ފަތުރުވެރިކަމުގެ ދުވަަސް ފާހަގަކުރަނީ ސެޕްޓެންބަރު މަހުގެ 27ވަނަ ދުވަހު އެވެ. މިދަފަ ދުވަހެއް ފާހަގަ ކުރުމގުެ މަގްސަދަކީ ފަތުރުވެރިކަމުގެ ސިނާއަތާ މެދު އާއްމުންގެ ހޭލުންތެރިކަން އިތުރުކުރުން ކަމުގައި ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން އެ ސިނާއަތު އިތުރަށް ކުރިއެރުވުމަަށް މެދުވެރިވަ ހުރަސްތައް ދެނެގަނެ އެކަންކަން ހައްލުކުރާނެ ގޮތަކާމެދު ބައިނަލްއަގުވާމީ މުޖްތަމައު ގުޅިގެން މަސައްކަތް ކުރުން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ފަތުރުވެރިކަމުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ޓުއަރިޒަމް އިް ތަފާތު ހަރަކާތްތައް އިންތިޒާމުކޮށް ކުރިއަށް އެބަގެންދަވައެވެ. އެގޮތުން އިއްޔެ ވ. އަތޮޅޫ ކެޔޮދޫގައި ކެނޯ ރޭހެއް ވަނީ ބާއްވާފައެވެ. އަދި މިރޭ ފަތުރުވެރިކަމުގެ ދާއިރާގަިއ ހުރި ވަޒީފާގެ ފުރުސަތުތަކާ ގުޅޭ ޖޮބް ފެއަރ އެއް ފަރުކޮޅުފުށީގައި އޮންނާނެއެވެ. 

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.