އަނިޔާވެރިކޮށް މަރާލެވިފައިވާ ދެނޫސްވެރިންނަށް އިންސާފު ހޯދައި ދިނުން ހުއްޓައެއް ނުލަން: ރައީސް

އަނިޔާވެރިކޮށް މަރާލެވިފައިވާ ދެނޫސްވެރިންކަމުގައިވާ  އަޙްމަދު ރިޟްވާނާއި،ޔާމީން ރަޝީދަށް އިންސާފު ހޯދައި ދިނުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތް ހުއްޓާ ނުލާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލީޙް ވިދާޅުވެއްޖެއެވެ. ނަމަވެސް އެމަސައްކަތަކީ އުދަނގޫ މަސައްކަތެއް ކަމަށް އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.

ރައީސް ޞާލިޙު މިމޭރުމުން ވާހަކަ ދެއްކެވީ ނޫސްވެރިކަމުގެ އެވޯޑު ދިނުމުގެ ހަފްލާގައި ވަރޗުއަލްކޮށް ދެކެވި ވާހަކަފުޅުގައެވެ.

"ނޫސްވެރިކަމުގެ މިފަދަ ޙަފްލާއެއް ކުރިއަށްދާއިރު، އަޅުގަނޑުގެ ސިކުނޑިއަށް އަންނަނީ، ގެއްލުވައިލާފައިވާ ނޫސްވެރިޔާ އަޙްމަދު ރިޟްވާނާއި، އަނިޔާވެރިގޮތަކަށް މަރައިލި ޔާމީން ރަޝީދުގެ ހަނދާންތައް. އެ ދެ ނޫސްވެރިންނަށް އިންސާފު ހޯދައިދިނުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތް، އަޅުގަނޑުމެން ހުއްޓައެއްނުލަން. އެއީ، އުނދަގޫ މަސައްކަތެއް. ނަމަވެސް، އެ މަސައްކަތް ނުހުއްޓި ކުރިއަށް އެބަދޭ."  މަރާލައިފައިވާ ދެ ނޫސްވެރިންނަށް އިންސާފު ހޯދައިނުމަށް ކުރެވޭ މަސައްކަތް ކުރިއަށް ދާކަން ކަށަވަރިކޮށް ދެއްވަމުން ރައީސް ޞާލިޙް ވިދާޅުވިއެވެ.

މިރޭގެ ނޫސްވެރުކަމުގެ އިނާމު ދިނުމުގެ ހަފްލާފައި މޯލްޑިވްސް މީޑިއާ ކައުންސިލުން ވަނީ ނޫސްވެރިޔާ ރިލްވާންގެ ހަދާނުގައި ޚާއްޞަ ފިލައެއް އަރުވައިފައެވެ. އަދި އޭނާއާ ބެހޭ ޚާއްޞަ ރިޕޯރޓެއް ވެސް ވަނީ ގެނެސްދީފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.