ބައިޑަންގެ ޑިފެންސް ސެކްރެޓަރީއާއި ހެލްތު ސެކްރެޓަރީ ގެ މަގާމަށް ބޭފުޅުން ހަަމަޖައްސަވައިފި

ރިޓަޔަރޑް ޖެެނެރަލް ލޮއިޑް އޮސްޓިން

އެމެރިކާގެ ރައީސުކަމަށް އިންތިޚާބުވެވަޑައިގެންފައިވާ ޖޯ ބައިޑަންގެ ސަަރުކާރުގެ ސެކްރެޓަރީ އޮފް ޑިފެންސް (ޑިފެންސް މިނިސްޓަރު) ކަމަށް އައްޔަންކުރައްވާނީ އެމެރިކާ ސިފައިންގެ ކުރީގެ ޖެނެރަލް ލޮއިޑް އޮސްޓިކަމަށް ޚަބަރުފަތުރާ ވަސީލަތްތަކުން ބުނެފިއެެވެ. މި ޚަބަރުތައް އައިސްފައިވަނީ ބައިޑަންގެ އަރިސް ހަތަރު ބޭފުޅެއްގެ ފަރާތްޕުޅުންނެވެ.

އެމެރިކާގެ ގާނޫނު ހަދާމަޖިލީހުގެ މަތީގެ، ސެނެޓުން އޭނާއަށް ރުހުންދީފިނަމަ އޭނާ ވެވަޑައިގަންނަވަނީ ޑިފެންސް ސެކްރެޓަރީކަން ކުރައްވާ ކަޅު ނަސްލުގެ ފުރަތަމަ ބޭފުޅާއަށެވެ.

1975 ވަނަ އަހަރުން ފެށިގެން މެދުނުކެނޑި 40 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްކުރައްވާފައިވާ ޖެނެރަލް އޮސްޓިން ސިފައިންގެ ޚިދުމަތުން 2106 ވަނަ އަހަރު ރިޓަޔަރކުރެއްވިއިރު އޭނާ ހުންނެވީ އެމެރިކާ ސިފައިންގެ ސެންޓްރަލް ކޮމާންޑްގެ ކޮމާންޑަރުގެ މަގާމުގައެވެ. އޭނާ އެ މަގާމު އަދާކުރެއްވީ 2013 ވަނަ އަހަރުން ފެށިގެންނެވެ.

ހާވިޔާ ބެސޭރާއ

އަނެއްކޮޅުން، ބައިޑަންގެ ސަރުކާރު ސެކްރެޓަރީ އޮފް ހެލްތު އެންޑް ހިއުމަން ސާވިސަސް (ހެލްތު މިނިސްޓަރު)ގެ މަގާމަށް އައްޔަންކުރައްވަން ނިންމަވާފައި ވަނީ ކެލިފޯނިޔާ ސްޓޭޓްގެ އެޓާނީ ޖެެނެރަލް ހާވިޔާ ބެސޭރާއެވެ. އޭނާ ވެވަޑައިގަންނަވާނީ ހެލްތު ސެކްރެޓަރީކަން ކުރައްވާ ލެޓިނޯ ނަސްލުގެ ފުރަތަމަ ބޭފުޅާއެެވެ.

ބަސޭރާ އާންމުންގެ މެދުގައި އެންެމެ ބޮޑަަށް މަޝްހޫރުވެވަޑައިިގަތީ ރައީސު އޮބާމާގެ އެފޯޑެބްލް ކެއާ އެކްްޓް (އޮބާމާކެއަރ) އުވާލައްވަން ރައީސު ޑޮނާލްޑް ޓްރަމްޕް ކުރެއްވި މަސަައްކަތްޕުޅާ ދެކޮޅަށް އެންެމެ ބޮޑަށް މަސައްކަތް ކުރެއްވި ގާނޫނީ ވަކީލު ގޮތުަގައެވެ.

މީގެ އިތުރަށް ބައިޑަން ވަނީ ވައިޓް ހައުސްގެ ކޮރޯނާވައިރަސް ކޯޑިނޭޓަރުގެ މަގާމަށް ވިޔަފާރިވެރިޔާ ޖެފް ޒަޔަންޓްސް އައްޔަންކުރައްވަން ނިންމަވާފަައެވެ.

އެެމެރިކާގެ ސިއްހީ ދާއިރާގެ އެންމެ މުހިއްމު އެއް މަރުަކަޒު ސެންޓާސް ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަންް (ސީޑީސީ) ގެ ޑިރެެކްޓަރ ކަމަށް އައްޔަންކުރައްވަން ނިންމަވާފައި ވަނީ ގައިންގަޔަށް އަރާ ބަލީގެ ތަޖުރިބާކާރެއް ކަމުގައިވާ ރޮޗެލް ވެލެންސްކީއެވެ.

1984 ވަނަ އަހަރުން ފެށިގެން ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެލާޖީ އެންޑް އިންފެކްޝަސް ޑިޒީޒަސްެެގެ ޑިރެކްޓަރަަކަށް ހުންނެވި އެންތަނީ ފައުޗީއަަށް އިތުރު މަގާމެެއް ދެއްވަުމަށް މުންތަޚަބު ރައީސު ޖޯ ބައިޑަން ވަނީ ނިންމަވާފައެެވެ. އެއީ 'ޗީފް މެޑިކަލް އެޑްވައިޒަރ ޓު ދަ ޕްރެޒިޑެންޓްެ' ގެ މަގާމެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.