21 ބިލިއަން ރުފިޔާގެ އާމްދަނީ ލިބޭނެކަމަށް ކަނޑައަޅައި 12 ބިލިއަނުން ދަރަނިވެރިވާ ބަޖެޓެއް މަޖިލީހުން ފާސްކޮށްފި

21 ބިލިއަން ރުފިޔާގެ އާމްދަނީ ލިބޭނެކަމަށް ކަނޑައަޅައި 12 ބިލިއަން ރުފިޔާއިން ދަރަނިވެރިވާ ބަޖެޓް މަޖިލީހުން ފާސްކޮށްފިއެވެ. 

މަޖިލީހުގެ 68 މެމްބަރުންގެ އަޣްލަބިއްޔަތުން ފާސްކުރި 2021 އަށް ލަފާކުރާ ބެޖެޓްގެ ޖުމުލަ ޢަދަދަކީ 34.9 ބިލިއަން ރުފިޔާއެވެ. ސަރުކާރުން ހުށަހެޅީ 34.7 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ކޮމެޓީން ގެނައި ބަދަލާއެކު ބަޖެޓަށް ވަނީ 134.99 މިލިއަން ރުފިޔާ އިތުރު ވެފައެވެ.  ބަޖެޓްގެ ދަރަނި  12 ބިލިއަން ރުފިޔާއަށް ކުޑަކޮށް ފައި ވަނީ ކޮމެޓީން ދިރާކުރުމަށް ފަހުއެވެ. ސަރުކާރުން ހުށަހެޅި ބަޖެޓްގެ ދަރަނި އޮތީ 15.5 ބިލިއަން ރުފިޔާގައެވެ. 21 ބިލިއަން ރުފިޔާގެ އާމްދަނީ ލިބޭނެކަމަށްވެސް ބަޖެޓްގައި ޖެހީ ކޮމެޓީން ދިރާސާކުރުމަށް ފަހުއެވެ. ސަރުކާރުން ހުށަހެޅި ބަޖެޓްގައި ހިލޭ އެހީއާއި އާމްދަނީ ލިބޭނެކަމަށް ލަފާކޮށްފައި ވަނީ 17.8 ބިލިއަން ރުފިޔާއެވެ.

ބަޖެޓް ފާސްކޮށްފައިވަނީ ބެޖެޓް ކޮމެޓީގެ ރެކޮމެންޑޭޝަންތަކުގެ އިތުރުން މަޖިލީހުގެ ތަޅުމުގައި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ ޢަބްދުﷲ  ހުށަހެޅުއްވި ދެ ރެކޮމެންޑޭ ޝަނާއެކުގައެވެ. 

ބަޖެޓްގެ މުހިންމު ޢަދަދުތައް:

  • ދައުލަތަށް ލިބޭނެ އާމްދަނީ ޖުމުލަ: 21،128،527،243
  • ދައުލަތުގެ ޚަރަދު ޖުމުލަ: 34،922،716،599
  • ބަޖެޓް ޑެފިސިޓް: 12،333،002،225

އާމްދަނީ ލިބޭނެ ކަމަށް ލާފާކުރި ގޮތްތައް:

  • ޓީޖީއެސްޓީ: 598 މިލިއަން
  • ގްރީން ޓެކްސް: 253 މިލިއަން
  • އެއާޕޯޓް ސާވިސް ޗާޖު: 218 މިލިއަން
  • އޭޑީސީ: 219 މިލިއަން
  • ބިން ވިއްކުމާއި ބިން ބަދަލުކުރުމުގެ ފީ: 700 މިލިއަން
  • އެހެނިހެން އާމްދަނީއާއި ހަރުމުދަލުގެ އާމްދަނީ: 1.3 ބިލިއަން

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.