ކޯވިޑްގައި ހޮސްޕިޓަލުގައި ފަރުވާ ދޭ މީހުންގެ އަދަދު 100 އާ ގާތަށް

ކޯވިޑްގައި އެކްޓިވް ކޭސް ނުވަތަ ބަލި ތަހައްމަލުކުރަމުންދާ  ޢަދަދުއިތުރުވެ ހޮސްޕިޓަލުގައި ފަރުވާ ދޭ މީހުންގެ ޢަދަދު 100 އާ ގާތަށް ޖެހިލައިފިއެވެ. 

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ތަފާސްހިސާބުން ދައްކާގޮތުން މިހާރު ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާ ދޭ މީހުންގެ ޢަދަދަކީ 95 އެވެ. މިއަދު އިރުއޮއްސި ހަޔަކާހަމައަށް ވޭތުވެދިޔަ 24 ގަޑިއިރުތެރޭގައި އަލަށް ކޯވިޑް 19 އަށް ޕޮޒިޓިވްވީ 52 މީހުންނެވެ. އެއީ 24 ގަޑިއިރުތެރޭގައި ޓެސްޓްކުރި 1851 ސާމްޕަލްގެ ތެރެއިން ޕޮޒިޓިވްވި ޢަދަދެވެ. މިހާތަނަށް ތަކުރާރުކޮށް ހެދިފައިވާ ޓެސްޓްތަކާއެކު ޖުމުލަ  234،712 ސާމްޕަލް ވަނީ ކޯވިޑަށް ޓެސްޓްކޮށްފައެވެ.

މިހާރު ބަލި ތަޙައްމަލުކުރަމުންދާ މީހުންގެ ޢަދަދު ވަނީ 1097 އަރާފައެވެ. އޭގެތެރެއިން އައިސޮލޭޝަން ފެސިލިޓީތަކުގައި ތިބީ 342 މީހުންނެވެ. އަލަށް ކޯވިޑަށް ޕޮޒިޓިވްވި 52 މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ޕޮޒިޓިވްވި 45 މީހުންނާއި ރިސޯރޓްތަކުން ޕޮޒިޓިވްވި ހަތް މީހުންނެވެ.  މިހާތަނަށް ކޯވިޑް ޖެހުނު މީހުންގެ ޖުމުލަ ޢަދަދަކީ 12،810 އެެވެ. ބަލިޖެހި ޝިފާ ލިބުނު މީހުންގެ ޢަދަދު މިހާރު ވަނި 1166 އަށް އަރައިފައެވެ. މިހާރު އަތޮޅުތަކުގެ 14 ރަށެއްގައި ބަލި ތަޙައްމަލު ކުރަމުންދާ ޢަދަދަކީ 14 އެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.