އިތުރު 30 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

ވޭތުވެދިޔަ 24 ގަޑީއިރުތެރޭގައި އިތުރު 30 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.  

އެޗްޕީއޭއިން ހާމަކޮށްފައިވާ ގޮތުގައި އަލަށް ޕޮޒިޓީވް މީހުންގެ ތެރޭގައި ހިމެނެނީ 16 ދިވެއްސަކާއި ބަނގްލަދޭޝްގެ 13 ރައްޔިތަކާއި ނޭޕާލް މީހެކެވެ. މިހާތަނަށް ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި ޖުމުލަ ޢަދަދަކީ 2,065 އެވެ.

އެޗްޕީއޭއިން ހާމޮކޮށްފައިވާ ގޮތުގައި އިތުރު 229 މީހަކު 24 ގަޑިއިރުތެރޭގައި ވަނީ ބަލިން ރަނގަޅުވެ ފައެވެ. މިއީ 24 ގަޑީއިރުތެރޭގައި އެންމެ ގިނަ ބަޔަކު ރަނގަޅުވި ފުރަތަމަ ފަހަރެވެ. މިޢަދަދާއި އެކު ބަލިން މުޅިން ރަނގަޅުވި މީހުންގެ ޖުމުލަ ޢަދަދަކީ  1540 އެވެ. މިވަގުތު ބަލިޖެހިފައިވާ މީހުންގެ ޖުމުލަ ޢަދަދަކީ 515 އެވެ.

މިހާތަނަށް 35،533 މީހުންގެ ސާމްޕަލް ވަނީ ކޮވިޑަށް ޓެސްޓް ކޮށްފައެވެ. 

 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.