ދެދުވަސް ތެރޭގައި ކޯވިޑްގެ ތިންމަރު

ދެދުވަސް ތެރޭގައިކޯވިޑް-19 ގައި ރާއްޖެއިން ތިން މީހަކު މަރުވެއްޖެއެވެ.

އެންމެ ފަހުން ކޯވިޑަގައި މީހަކު މަރުވީ ރޭ 11:32 ހާއިރުއެވެ. ހެލްތް ޕޮރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވީ ރޭގެ، ކޯވިޑް މަރަކީ ހުޅުމާލެ މެޑިކަލް ފެސިލިޓީގެ އައިސީޔޫގައި ފަރުވާ ދެމުންދަނިކޮށް މަރުވި، ޢުމުރުން 52 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ. މިއީ ކޯވިޑްގެ 44 ވަނަ މަރެވެ.

އެޗްޕީއޭ އިން ހާމަކޮށްފައިވާ ގޮތުގައި ކޯވިޑްގެ 43 ވަނަ މަރަކީ އިއްޔެ ހެނދުނު 10:50 ގައި ހުޅުމާލެ މެޑިކަލް ފެސިލިޓީގެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް މަރުވި ޢުމުރުން 79 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ކޯވިޑްގެ 42 ވަނަ މަރަކީ އިއްޔެ ނޫން ކުރީ ދުވަހު މެންދުރު 2:24 ގައި ހުޅުމާލެ މެޑިކަލް ފެސިލިޓީގެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް މަރުވި ޢުމުރުން 57 އަހަރުގެ ދިވެހި ފިރިހެނެކެވެ.

 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.