ބަޖެޓް ބަހުސް ނިމުމާއެކު ހޯމް މިނިސްޓަރ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާ ކުރަނީ

ފޮޓޯ: ރައްޔިތުންގެ މަޖިލިސް

 

ބަޖެޓް ބަހުސް ނިމުމާއެކު ހޯމް މިނިސްޓަރ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާ ކުރައްވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. 

މިއަދުގެ ޖަލްސާފަށްޓަވަމުން މަޖިލީހުގެ ރައީސް ވިދާޅުވީ ހޯމް މިނިސްޓަރ ޢިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވުމަށް ދެ ގަޑިއިރު އާއްމު ކޮމެޓީން ކަނޑައަޅާފައި ވާކަމަށެވެ.  ޢިތުބާރު ނެތްކަމުގެ މައްސަލައިގައި  ހޯމް މިނިސްޓަރ ޖަވާބުދާރީ ވުމަށް 30 މިނެޓް ބަހާލައިގެން ދެއްވުމަށް ވެސް އާއްމު ކޮމެޓީން ނިންމަވައިފައިވާކަމަށެވެ. ޖަވާބު ދާރީވުމަށް ހޯމް މިނިސްޓަރަށް ވަގުތު ދެއްވުމަށް ނިންމައިފައި ވަނީ ބަހުސް ފެށުމުގެ ކުރިން 10 މިނެޓާއި ބަހުސްގެ މެދު ތެރެއިން 10 މިނެޓާއި އަދި ބަހުސް ނިންމުމަށްފަހު 10 މިނެޓް ކަމަށެވެ. 

ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ ގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ވެއްދީ އިދިކޮޅުން ކޯލިޝަން، ޕީޕީއެމް/ޕީއެންސީންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.