ކޯވިޑް ކޭސްތައް އަނެއްކާ ވެސް އިތުރު ވަނީ

ކޯވިޑް ކޭސްތައް އަނެއްކާ ވެސް އިތުރުވާން ފަށައިފިއެވެ. ހެލްތު ޕްރޮޓެކަޝަން އެޖެންސީ ( އެޗްޕީއޭ) ގެ ތަފާސްހިސާބުން ދައްކާގޮތުން މިއަދު ހައެއް ޖެހުމާ ހަމައަށް 24 ގަޑިއިރު ތެރޭގައި ކޯވީޑަށް ޕޮޒިޓިވްވެފައިވަނީ  50 މީހުންނެވެ.

ޢަދަދު ތައް ގިނަވާން ފަށައިފައި ވަނީ ދުވާލަކަށް ބަލި ޖެހޭ ޢަދަދު  30 އިން ދަށުގައި ދުވަސް ތަކެއް ވަން ދެން ހުރުމަށްފަހު އެވެ.

މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ދިވެހިންނަށް ވުރެ ބިދޭސީންގެ ޢަދަދު އިތުރުވެ. އެއީ31 ބިދޭސީންނާއި 19 ދިވެހިންނެވެ. މިޢަދަދާއެކު ކޯވިޑް ޖެހުނު މީހުންގެ ޖުމުލަ ޢަދަދަކީ 12،204 އެކެވެ. މިއަދުގެ ޢަދަދުގެ ތެރެއިން 29 މީހުންނަކީ އަތޮޅުތަކާއި ރިސޯރޓްތަކުން  ބައްޔަށް އަލަށް ޕޮޒޮޓިވްވި މީހުންނެވެ.  މާލެ ސަރަޙައްދުން ޕޮޒިޓިވްވި މީހުންގެ ޢަދަދަކީ 21 އެވެ.

ބަލިޖެހި ޝިފާ ލިބުނު މީހުންގެ ޢަދަދު 11،289 އަށް އަރައިފައިވާއިރު މިހާރު ބަލި ތަޙައްމަލު ކުރަމުން ދަނީ 865  މީހުންނެވެ. އޭގެ ތެރެއިން ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނީ 47 މީހުންނަށެވެ. އައިސޮލޭޝަން ފެސިލިޓީތަކުގައި ތިބީ 249 މީހުންނެވެ.  ވޭތުވެ ދިޔަ 24 ގަޑިއިރު ކޯވިޑަށް ޓެސްޓް ކުރި ޢަދަދަކީ 1،477 އެވެ.

މިހާރު އަތޮޅުތަކުގެ 10 ރަށެއްގައި ބަލި ތަޙައްމަލު ކުރަމުންދާ ޢަދަދަކީ 14 މީހުންނެވެ.  އެއީ ތިން ދިވެހިންނާއި 11 ބިދޭސީންނެވެ. މިވަގުތު 26 ރިސޯޓެއްގައި 54 ޓޫރިސްޓަކާއި 107 މުވައްޒަފުން ބަލި ޖެހިފައި އެބަ ތިއްބެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.