ކޯވިޑް-19: މިއަދުވެސް 67 މީހުން ޕޮޒިޓިވް - 43 ދިވެހިން

މިއަދުރާއްޖެއިން ކޯވިޑް-19 އަށް 67 މީހުން ޕޮޒިޓިވް ވެއްޖެއެވެ.

އެޗްޕީއޭއިން ހާމަކޮށްފައިވާ ގޮތުގައި މިއަދު ޕޮޒިޓިވްވި 67 މީހުންގެ ތެރެއިން 43 މީހުންނަކީ ދިވެހިންނެވެ. ޕޮޒިޓިވް އިތުރު މީހުންގެ ތެރޭގައި ހިމެނެނީ 14 ބަނގްލަދޭޝީންނާއި 6 އިންޑިއަނުންނާއި 3 އިންޑޮނޭޝިއަނުންނާއި އެމެރިކާ މީހެކެވެ. މީހެކެވެ. މިއަދަދާއެކު މިހާތަނަށް ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ ޢަދަދު ވަނީ 3369 އަކަށް އަރާފައެވެ.

މިހާރު ބަލިޖެހި ފަސޭހަ ނުވެ ތިބީ 792 މީހުންނެވެ. ބަލިން ރަނގަޅުވެފައިވާ މީހުންގެ ޖުމުލަ ޢަދަދަކީ 2547 އެވެ. މިހާތަނަށް ރާއްޖެއިން 74107 މީހަކު ވަނީ ކޮވިޑަށް ޓެސްޓްކޮށްފައެވެ.  ކޮވިޑްގައި މަރުވެފައިވަނީ 15 މީހުންނެވެ.

ކޮންމެ ދުވަހަކު ކޮވިޑް-19 ޖެހޭ މީހުން ފަހަކަށް އައިސް ދަނީ ގިނަވަމުންނެވެ. ޢަދަދު ގިނަވަމުންދާ މިންވަރު އިތުރުވުމާއެކު އެޗްޕީއޭއިން ކަންބޮޑުވުން ފާޅުކޮށް ރައްކާތެރި ވުމުގެ ފިޔަވަޅުތަކަށް ސަމާލުކަންދޭން ދަނީ ގޮވައިލަމުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.