އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ޝަރީޢަތްތައް ލައިވްކޮށް ދިނުމަށް ޕީޖީ އެދިވަޑައިގެންފި

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޮމްޕެނީ (އެމްއެމްޕީއާރުސީ) ޚީޔާނާތުގެ މައްސަލައިގެ ޝަރީޢަތްތައް ލައިވްކޮށް ދެއްވުމަށް ޕްރޮސެކިއުޓަރޖެނެރަލް ކްރިމިނަލް ކޯޓުގައި އެދިވަޑައިގެންފިއެވެ. 

މިކަން ހާމަކޮށް ކުރެއްވި ޓުވީޓެއްގައި ޕްރޮސެކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމު ވިދާޅުވީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ޝަރީޢަތްތައް ލައިވް ކުރުމަކީ ޝަރީޢަތުގެ މަރުހަލާ ވީހާވެސް ހާމަކަންބޮޑު ދެފުށްފެންނަ ގޮތަށް ކުރިއަށް ގެންދެވުމަށް މުހިންމު ކަމެއްކަމަށެވެ. އަދި ޝަރިޢަތްތައް ލައިވް ކުރެވޭނެ އިންތުޒާމު ކްރިމިނަލް ކޯޓުން ހަމަޖައްސައި ދެއްވާނެކަމަށް އުއްމީދު ކުރައްވާކަމަށް ވެސް ޕީޖީ ވިދާޅުވިއެވެ. އެމްއެމްޕީއާރުސީ ޚިޔާނާތުގެ ޝަރީޢަތްތައް މިމަސްތެރޭގައި ފެށުމަށް ވަނީ ހަމަޖައްސަވައިފައެވެ. 

ކްރިމިނަލް ކޯޓްގައި މިހާތަނަށް ލައިވްކޮށް ކުރިއަށް ގެންދިޔައީ ހަމައެކަނި ރައީސް ޔާމީންގެ މައްޗަށް އުފުލި މަނީލޯންޑްރިންގެދަޢުވާގެ ޝަރީޢަތްތަކެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.