ސީރިއާ ހަނގުރާމައިގައި ބައިވެރިވުމަށްފަހު އައި ދިވެއްސަކު ހައްޔަރުކޮށް އޭނާގެ ގެ ބަލައި ފާސްކުރަނީ

ސީރިއާގައި ހިނގަމުންދާ ދާޚިލީ ހަނގުރާމާގައި ބައިވެރިވުމަށްފަހު ރާއްޖެ އައި ދިވެއްސަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

ފުލުހުން ވިދާޅުވީ ހައްޔަރުކޮށްފައިވަނީ ޢުމުރުން 34 އަހަރުގެ ފިރިހެނެއްކަމަށެވެ.

ހައްޔަރު ކުރި ފިރިހެންމީހާގެ ގެ ބަލައި ފާސްކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

އެފިރިހެން މީހާގެ މައްސަލަ ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒް ކްރައިމް ޑިޕާޓްމަންޓުން ތަހުޤީޤުކުރަމުންދާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.