ތިން ކިލޯގެ ޑްރަގު މައްސަލާގައި ހިމެނޭ ދެ މީހުން ތިންވަނަ ފަހަރަށް ބަންދުކޮށްފި

ތިން ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ހިމެނޭ ދެ މީހުން ތިންވަނަ ފަހަރަށް ބަންދު ކޮށްފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. މިފަހަރު ވެސް އެމީހުން ބަންދުކޮށްފައިވަނީ ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގެ އަމުރެއްގެ ދަށުން ކަމަށް ފުލުހުން ވިދާޅުވިއެވެ. އެ ދެމީހުން ބަންދު ކޮށްފައިވަނީ ރޭގެ ވަގުތެއްގައެވެ.

މި މައްސަލާގައި ހިމެނޭ ދެ މީހުންނަކީ ދެމައިންނެވެ. މީގެ ކުރިން ވެސް ފުލުހުން ވަނީ ދެފަހަރެއްގެ މަތިން އެމީހުން ބަންދުކޮށްފައެވެ. އެހެންނަމަވެސް ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ގެންދިއުމުން ދެ ފަހަރުވެސް ކޯޓުން ވަނީ އެމީހުން ދޫކޮށްލައިފައެވެ. ދޫކޮށްލީ އެމީހުން ބަންދުކޮށްފައިވަނީ ޤާނޫނާ ޚިލާފަށް ކަމަށް ވިދާޅުވެއެވެ.

ތިންވަނަ ފަހަރަށް އެމީހުން ބަންދު ކުރުމަށްފަހު ފުލުހުން ވިދާޅުވީ އިތު މަޢުލޫމާތު މިއަދު ހާމަކުރައްވާނެ ކަމަށެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.