އިރާނު ބޯޓު މާލެ ގެންނަނިކޮށް ފަރަކަށް އަރައިފި

ސިފައިންނާއި ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި އިއްޔެ އަތުލައިގެންފައިވާ އިރާނު ބޯޓު މާލެ ގެންނަނިކޮށް ފަރަކަށް އަރައިފިއެވެ. ފުލުހުން ވިދާޅުވީ މާލޭ ބަނދަރަށް ބޯޓު ގެންނަނިކޮށް އަރައިފައިވަނީ ކ. ވިލިގިލީ ކައިރީގައި އޮންނަ ފަރަކަށް ކަމަށެވެ.

ބޯޓު ފުން ކުރުމުގެ މަސައްކަތް ކުރިއަށްދާއިރު އެމަސައްކަތް ބައްލަވާލެއްވުމަށް މިނިސްޓަރ އޮފް ހޯމްއެފެއާޒު އައްޝައިޚް ޢިމްރާން ޢަބްދުﷲ އާއި ސިފައިންނާއި ފުލުހުންގެ ސިނިއާ ބޭފުޅުން އެސަރަޙައްދަވަނީ މިއަދު މެންދުރު ވަޑައިގެންފައެވެ.

މާލެ ގެންނަނިކޮށް ބޯޓު ފަރަށް އެރުމުން ބަލައިފާސްކުރުމުގެ ކަންކަން ކުރިއަށް ދަނީ ފަރުމަތީ ބާއްވައިގެންނެވެ. މިހާތަނަށް އެ ބޯޓުންވަނީ ގާތްގަނޑަކަށް 50 ކިލޯގެ މަސްތުވާތަކެތި ފެނިފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.