ކޯވިޑަށް އަލަށް ޕޮޒިޓިވް ޢަދަދު 40 އިން ދަށުގައި

ބަލިން ޝިފާލިބުނު މީހުންގެ ޢަދަދު ނުވަ ހާހުން މައްޗަށް

މިއަދު ހަޔަކާއި ހަމައަށް 24 ގަޑިއިރު ކޯވިޑް 19 އަށް އަލަށް ޕޮޒިޓިވްވި އަދަދު ހުރީ 40 އިން ދަށުގައެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ފެންނަ ގޮތުން މިއަދު ކޯވިޑް- 19 އަށް ޕޮޒޮޓިވް ޢަދަދަކީ 37 ގައެވެ. މިއީ 1427 ސާމްޕަލްގެ ތެރެއިން ބައްޔަށް ޕޮޒިޓިވްވި ޢަދަދެވެ.

މިއަދުގެ ޢަދަދުގައި ހިމެނެނީ 31 ދިވެހިންނާއި 6 ބިދޭސީންނެވެ. މިއަދުގެ ޢަދަދުގެ ތެރެއިން ތިން މީހުން ފިޔަވައި އެންމެންނަކީ ވެސް މާލެ ސަރަޙައްދުން ޕޮޒިޓިވްވި މީހުންނެވެ. މިހާރު އަތޮޅުތަކުގެ 23 ރަށެއްގައި ބަލި ތަޙައްމަލު ކުރަމުންދާ ޢަދަދަކީ 35 އެވެ. އެއީ 29 ދިވެހިންނާއި 6 ބިދޭސީންނެވެ. މިވަގުތު 23 ރިސޯޓެއްގައި 11 ޓޫރިސްޓަކާއި 20 މުވައްޒަފުން ބަލި ޖެހިފައި އެބަ ތިއްބެވެ. 

ބައްޔަށް އަލަށް ޕޮޒިޓިވްވި މީހުންނާއެކު ރާއްޖޭން ކޯވިޑް ޖެހުނު ޖުމުލަ ޢަދަދަކީ 10194 އެވެ. ޝިފާ ލިބުނު މީހުންގެ ޢަދަދު 9037 އަށް އަރައިފައިވާއިރު މިހާރު ބަލި ތަޙައްމަލު ކުރަމުން ދަނީ 1116 މީހުންނެވެ. އޭގެ ތެރެއިން ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނީ 80 މީހުންނަށެވެ. އައިސޮލޭޝަން ފެސިލިޓީތަކުގައި ތިބީ 556 މީހުންނެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.