މަނަދޫގެ 15 ސިއްހީ ޚިދުމަތްތެރިއަކު އައިސޮލޭޓް ކޮށްފި

މަނަދޫގައި އިސް ސަފުގައި މަސައްކަތްކުރާ 15 ސިއްހީ ޚިދުމަތްތެރިއަކު އައިސޮލޭޝަންގައި މަޑުކުރުމަށް އަންގައިފިއެވެ. މިއީ ސިއްހީ ސަލާމަތްތެރިކަން ޔަގީންކުރުމުގެ ގޮތުން ކުރެވިފައިވާ ކަމެއް ކަމަށް އެންއީއޯސީގެ ފަރާތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މަބްރޫކު އަޒީޒް ވިދާޅުވިއެވެ.

މި ފަނަރަ މީހުންނަކީ މަނަދޫއިން މާލެ ގެނެވުނު ބަލިމީހަކު ކޯވިޑަށް ޓެސްޓުކޮށް އޭނާގެ ނަތީޖާ ޕޮޒިޓިވް ވެފައިވާތީ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ފެނިފައިވާ 15 މީހުންނެވެ. އެމީހާ ޓެސްޓުކުރެވުނީ ބަލީގެ އަމާލާތް ފެނިގެނެއް ނޫނެވެ. ނަމަވެސް އުމުރުން ދުވަސްވެފައިވާ މީހަކަށް ވާތީ ޕްރޮސީޖާގެ ދަށުންނެވެ.

އަދި މިކަމާއި ގުޅިގެން މަނަދޫ ހޮސްޕިޓަލުގައި އާއްމުކޮށް މީހުން ބަލާ ގަޑި މަދުކޮށް އިތުރު ގަޑި ތަކަކީ ހަމައެކަނި އެމަރޖެންސީގެ ކޮންސަލްޓޭޝަނަށް ހުޅުވާލާފައިވާ ގަޑިތަކެއް ކަމައް ހަމަޖައްސާފައިވާ ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ. 

އަދި މިކޭސް އާއި ގުޅިގެން މަނަދޫވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ. ރާއްޖޭގައި ކޯވިޑް-19 ޖެހިފައިވާ މީހުންގެ އަދަދު ވަނީ 527 އަށް އަރާފައިވާއިރު މީގެ ތެރެއިން 50.85 އިންސައްތަ އަކީ ބިދޭސީންނެެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.