ކާމިޔާބުކަމާއެކު ދަރިން ތަރުބިއްޔަތު ކުރުމާ ގުޅޭ ސިލްސިލާ ވެބިނާރުތަކެއް އެވިޑް ކޮލެޖުން ބާއްވަނީ 

ކާމިޔާބުކަމާއެކު ދަރިން ތަރުބިއްޔަތުކުރުމާ ގުޅޭ ސިލްސިލާ ވެބިނާރުތަކެއް އެވިޑް ކޮލެޖުން ބާއްވަން ނިންމަވައިފިއެވެ. 

ހިލޭ ބައިވެރި ވުމުގެ ފުރުޞަތު ހުޅުވާލައިފައިވާ މި ވެބިނާރުތަކުގެ ފުރަތަމަ ސެޝަން މިއަދު މެންދުރު ފަހު 2:00 ގައި ފެށުމަށް ވަނީ ހަމަޖައްސަވައިފައެވެ. ކޮންމެ ވެބިނާރެއް ކުރިއަށް ގެންދެވުމަށް ރާއްވަވައިފައި ވަނީ އެއް ގަޑިއިރަށެވެ. 

އެވިޑް ކޮލެޖުން އަލަށް ފަށާ މި ވެބިނާރުތަކުގައި މަޢުލޫމާތު ދެއްވާނީ އެވިޑް ކޮލެޖްގެ ޑެޕިއުޓީ ވައިސް ރެކްޓަރ އަޙުމަދު ފަޔާޒް ޙަސަނެވެ. ފަޔާޒަކީ  ޕޭރަންޓިންގ ޓްރޭނަރެއްގެ ގޮތުގައި 20 އަހަރު ދުވަހުގެ ތަޖްރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. އާފަތިހަށް މަޢުލޫމާތު ދެއްވަމުން ފަޔާޒު ވިދާޅުވީ މި ވެބިނާރުގައި މަޢުލޫމާތު ދެއްވާނީ ކީރިތި ޤުރްއާންގެ އަލީގައި ދަރިން ތަރުބިއްޔަތު ކުރުމާ ގުޅޭ ގޮތުންކަމަށެވެ. މިމައުލޫގައި ފަޔާޒު ގެންދަވަނީ ލިޔުންތައް ވެސް ޝާއިޢު ކުރައްވަމުންނެވެ. 

ޒޫމް މެދުވެރިކޮށް ބާއްވާ ވެބިނާރުގައި މިހާތަނަށް 60 އަށްވުރެ ގިނަ މީހުން ބައިވެރިވެފައިވާކަމަށް ފަޔާޒު ވިފާޅުވިއެވެ. މިބެވިނާރު ކުރިއަށް ގެންދަވަނީ ދިވެހި ބަހުންނެވެ. އެވިޑް ކޮލެޖުން ފުރަތަމަ ފަހަރަށް ބާއްވާ ދަރިންތަރުބިއްޔަތު ކުރުމުގެ ވެބިނާރުތައް ކުރިއަށް ގެންދެވުމަށް ރާއްވަވައިފައިވަނީ ސިލްސިލާކޮށް 10 ސެޝަނަކަށެވެ. ފަޔާޒް ވިދާޅުވީ މި ސިލްސިލާ ތަކުގެ ވީޑީއޯ އާންމުންނަށް ފަހުން ބަލާލެވޭނެ ގޮތަށް ޔޫޓިއުބަށް އަޕްލޯޑް ކުރުމަށް ވެސް މަސައްކަތް ކުރައްވަމުންދާ ކަމަށެވެ. މިއަދުގެ ސެޝަންގައި މަޢުލޫމާތު ދެއްވުމަށް ހަމަޖައްސައިފައިވަނީ ދަރިންނަކީ ނިޢުމަތެއްކަމާއި ކާމިޔާބުކަމާއެކު ދަރިން ދަރިބިއްޔަތު ކުރުމުގައި ގެންގުޅޭނެ މިންގަނޑުތަކާއި ގުޅުން ބަދަހިކުރާނެ ގޮތާ ގުޅޭގޮތުންނެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.