ހަފްތާއަކަށް ފަހު ކޮވިޑްގެ މަރެއް، ޢަދަދު 34 އަށް

ކޯވިޑްގައި ރާއްޖެއިން އިތުރު މީހަކު މަރުވެ. މި ބަލީގައި މަރުވި މީހުންގެ ޢަދަދު 34 އަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފައިވާ ގޮތުގައި ކޯވިޑްގެ 34 ވަނަ މަރަކީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން ދަނިކޮށް ރޭ ދަންވަރު 1:25 ހާއިރު މަރުވި ޢުމުރުން 90 އަހަރުގެ ފިރިހެނެކެވެ.

ކޯވިޑްގައި މީހަކު މަރުވެފައި ވަނީ ހަފަތާއެއް ފަހުންނެވެ. މިއަދުގެ މަރުގެ ކުރިން އެންމެ ފަހުން ކޮވިޑްގައި  މީހަކު މަރުވެފައިވަނީ މިމަހު 14 ގައެވެ. 

ކޮވިޑްގައި އެންމެ ގިނައިން ހަފްތާއެއްގެ ތެރޭގައި މީހުން މަރުވެފައިވާ އަދަދަކީ ހަތަރެއް ކަމަށް އެޗްއީއޯސީން ވަނީ ވިދާޅުވެއެވެ.  

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.