ކޯވިޑް 19 އަށް ޕޮޒިޓިވް ޢަދަދު މިއަދު 81 ގައި

މިއަދު ހަޔަކާއި ހަމައަށް 24 ގަޑިއިރު ކޯވިޑް 19 އަށް އަލަށް ޕޮޒިޓިވްވި ޢަދަދު އުޅެނީ  81 ގައެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ފެންނަ ގޮތުން މިއަދުގެ ޢަދަދުތަކުގައި ހިމެނެނީ މާލެ ސަރަޙައްދުން ޕޮޒިޓިވްވި 70 މީހުންނާއި އަތޮޅުތަކުން ޕޮޒިޓިވްވި 11 މީހުންނެވެ. އަތޮޅުތަކުން އަލަށް ޕޮޒިޓިވްވި 11 މީހުންގެ ތެރޭގައި ސަފާރީއަކުން ޕޮޒިޓިވްވި އަށް މީހުން ހިމެނެއެވެ. މިއަދު ޕޮޒިޓިވްވި ޢަދަދުގެ ތެރޭގައި ހިމެނެނީ 58 ދިވެހިންނާއި 23 ބިދޭސީންނެވެ.

ބައްޔަށް އަލަށް ޕޮޒިޓިވްވި މީހުންނާއެކު ރާއްޖޭން ކޯވިޑް ޖެހުނު ޖުމުލަ ޢަދަދަކީ 9649 އެވެ. ޝިފާ ލިބުނު މީހުންގެ ޢަދަދު 8188 އަށް އަރައިފައިވާއިރު މިހާރު ބަލި ތަޙައްމަލު ކުރަމުން ދަނީ 1422 މީހުންނެވެ. އޭގެ ތެރެއިން ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނީ 111 މީހުންނަށެވެ. އައިސޮލޭޝަން ފެސިލިޓީތަކުގައި ތިބީ 650 މީހުންނެވެ. މިއަދާ ހަމައަށް ރާއްޖެއިން ބައްޔަށް ޓެސްޓް ކުރެވުނު ޢަދަދު ވަނީ  138608 އަށް އަރާފައެވެ. 

އަތޮޅުތަކުގެ 22 ރަށެއްގައި ބަލި ތަޙައްމަލު ކުރަމުންދާ ޢަދަދު މިހާރު ވަނީ 52 އަކަށް އަރާފައެވެ.  މިވަގުތު 25 ރިސޯޓެއްގައި 15 ޓޫރިސްޓަކާއި 39 މުވައްޒަފުން ބަލި ޖެހިފައި އެބަ ތިއްބެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.