އެޗްޕީއޭ ހުއްދައާއެކު މަޑަވެލީގެ މަސްވެރިން މަހަށް ފުރަން ފަށައި

އެޗްޕީގެ ހުއްދައާއެކު ގދ. މަޑަވެލީގެ މަސްވެރިން މަހަށް ފުރަންފަށައިފައިވާ ކަމަށް އެރަށު ކައުންސިލުން ވިދާޅުވެއްޖެއެވެ. ކޯޒްވޭއަކުން މަޑަވެއްޔާގުޅާލައިފައިވާ ހޯޑެއްދޫ ގިނަ ޢަދަދެއްގެ ބަޔަކު ކޮވިޑަށް ޕޮޒިޓިވް ވުމުން މަޑަވެލިވެސް އޮތީ މޮނިޓަރިންގައެވެ.

ކައުންސިލްގެ ރައީސް ހަމީޒް އަހުމަދު ވިދާޅުވީ މަސްވެރިން މަހަށް ފުރަން ފެށީ އެޗްޕީއޭއިން ކަނޑައަޅައިފައިވާ އުސޫލުތަކާ އެއް ގޮތަށް އެއްވެސް ބަނދަރަކަށް ނުފޭބުމާއި އެނޫންވެސް ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކުގައި ކަމަށެވެ. މަސްކިރުވާށާއި އައިސް ގަތުމަށް ދާ ބަނދަރުތަކަށް ނުފައިބައި މީހުންނާ ކޮންޓެކްޓު ނުވާގޮތަށްކަމަށެވެ. އެސަރަހައްދުގެ މަސްވެރިން އައިސް ގަތުމަށް އާއްމުކޮށް ދަނީ ތިނަދުއަށެވެ. މަސްކިރުވަން ގޮސް ކޫއްޑޫއިން ވެސް އައިސް ގަނެއެވެ. މަޑަވެލީގެ ރައްޔިތުން އާމުދަނީ ހޯދުމަށް ކުރާ މައިގަނޑު މަސައްކަތަކީ މަސްވެރިކަމެވެ.

މަޑަވެލިގެ މަސްވެރިން މަހަށް ފުރަން ފަށައިފައިވާއިރު 24 ފަޅުވެރިންނާއެކު އެރަށުގެ މަސްދޯންޏެއް ރަށު ބަނދަރުގައި އިއްޔެ ވަނީކަރަންޓީނު ކޮށްފައެވެ. އެ ދޯނީގެ 24 ފަޅުވެރިންނާއެކު ކަރަންޓީނު ކޮށްފައި ވަނީ މި މަހު ފުރަތަމަ ދުވަހު ހުޅުމާލެއަށް މަސް ކިރުމަށް ފަހު އަނބުރާ ރަށަށް ދިއުމުންނެވެ. އަދި ހުޅުމާލެއަށް ދޯނީގެ ފަޅުވެރިން ފޭބިކަމެއްވެސް އަދި ނުފައިބާކަންވެސް ކަށަވަރު ނުކުރެވޭތީ އެންމެ ރައްކާތެރި ގޮތަކީ ކަރަންޓީން ކުރުން ކަމަށްވާތީ އެގޮތަށް ޢަމަލުކުރެއްވީ ކަމަށް އެރަށު ކައުންސިލުން ވަނީ ވިދާޅުވެފައެއެވެ.

ކައުންސިލްގެ ރައީސް ޙަމީޒް ވިދާޅުވީ މޮނިޓަރިންގައި ރަށް އޮތްކަމުގައި ވިއަސް ކާޑުގެ ބާވަތްތައްވެސް ދަތި ނުވާވަރަށް ލިބިފައިވާކަމަށެވެ. އަދި ހޯޑެއްދޫގެ ރައްޔިތުންނަށް ބޭނުންވާ ބައެއް ކަހަލަ ތަކެތި އެރަށުން ފޯރުކޮށް ދީފައިވާކަން ފާހަގަ ކުރެއްވިއެވެ. އެރަށުގައިވެސް ފިހާރަތަކާއި ހޮޓާފަދަ ތަންތަން ވަނީ ބަންދުކޮށްފައެވެ. ރައްޔިތުންނަށް ބޭނުންވާ ތަކެތި ޓާސްކް ފޯހުން ދަނީ ގޭގެއަށް ޑެލިވަރީކޮށް ދެމުންނެވެ. މަޑަވެލީގެ ރަށްޔިތުންވެސް އެޗްޕީއޭގެ އަސޫލުތަކަށް ތަބާވާކަން ކައުންސިލުން ފާހަގަ ކުރެއްވިއެވެ.

މަޑަވެލިން މިހާތަނަށް ކޮވިޑަށްމީހަކު ޕޮޒިޓިވްވެފައެއް ނުވެއެވެ. އެރަށުން 60 އަށް ވުރެ ގިނަ ސާމްޕަލް ވަނީ ޓެސްޓްކޮށްފައެވެ. 

 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.