މަޑަވެލީގައި ނަރުދަމާ ނިޒާމް ގާއިމް ކުރަން ބަޔަކާ ހަވާލިކޮށްފި

 ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލީގައި ނަރުދަމާ ނިޒާމުގެ އަމަލީ މަސައްކަތް ފެށުމަށް ބަޔަކާ މިއަދު ހަވާލުކޮށްފިއެވެ.

ލޭބަރ ކޮންޓްރެކްޓް މޮޑެލްގެ ދަށުން އެ މަސައްކަތް ހަވާލުކޮށްފައިވަނީ އެސް.ޖޭ ކޮންސްޓްރަކްޝަން ކުންފުންޏާއެވެ. އެކުންފުންޏާ އެ މަސައްކަތް ހަވާލުކޮށްފައިވަނީ އެއްބަސްވުމުގައި ސޮއިކުރައްވާތާ އަހަރެއްގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށް ސާދަ މިލިޔަން ނުވަސަތޭކަ ނުވަދިހަ ފަސްހާސް ހަތްސަތޭކަ ތިރީސްފަސް ރުފިޔާ ވިހިލާރީގެ އަގަކަށެވެ.

ތިމާވެއްޓާ ބެހޭ މިނިސްޓްރީގައި މިއަދު ބޭއްވި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ތިމާވެއްޓާބެހޭ މިނިސްޓަރު ތާރިގު އިބްރާހީމެވެ. އެސް.ޖޭ ކޮންސްޓްރަކްޝަން ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޝިހާދު އިބްރާހީމެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ތާރިގު ވިދާޅުވީ 2013 ވަނައަހަރުގެ ނިޔަލަށް ނަރުދަމާ ނިޒާމުގެ ޚިދުމަތް ރާއްޖޭގައި ލިބެމުން ދިޔައީ މާލެ ސިޓީ ހިމަނައިގެން 31 ރަށަކަށް ކަމަށެވެ. އެހެންނަމަވެސް 2017 ވަނަ އަހަރު ނިމުނުއިރު 21 ރަށެއްގައި ވަނީ އެނިޒާމް ގާއިމުކުރެވި ޚިދުމަތް ދޭން ފަށައިފައި ކަމަށެވެ. އިތުރު 44 ރަށެއްގައި ނަރުދަމާ ގާއިމްކުރުމުގެ އަމަލީ މަސައްކަތް ކުރިއަށްދާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.