މަޑަވެލީން ފުލެޓު ލިބުނު މީހުންނާއެކު އެއްބަސްވުމުގައި ސޮއިކުރަން ފަށައިފި

ގދ. މަޑަވެލީގައި ސަރުކާރުން އިމާރާތްކޮށްފައިވާ 22 ހައުސިންގ ޔުނިޓް ލިބިފައިވާ މީހުންނާ އެގެތައް ހަވާލުކުރުމުގެ މަސައްކަތް ހައުސިންގ މިނިސްޓްރީން ފަށައިފިއެވެ.

 އެމިނިސްޓްރީގެ ޓީމެއް މަޑަވެއްޔަށް ގޮސް މިހާރުވަނީ ހައުސިންގ ޔުނިޓް ލިބުނު ފަރާތްތަކާއެކު އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް ކުރަމުންނެވެ.

އެ މަސައްކަތް ކުރަމުން ގެންދަނީ ހައުސިންގ މިނިސްޓްރީ އާއި މަޑަވެލި ކައުންސިލާ ގުޅިގެންނެވެ. އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް މިއަދު ނިމޭނެ ކަމަށް މިނިސްޓްރީން ވިދާޅުވެފައިވެއެވެ.

 ހައުސިންގ ޔުނިޓް ލިބުނު ފަރާތްތަކާއި އެކު އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް ކުރިޔަށް ދަނީ މަޑަވެލި ކައުންސިލް އިދާރާގައެވެ. ގެދޮރުވެރިކުރުމުގެ މި މަޝްރޫއުގެ ދަށުން ގދ. މަޑަވެލީގައި ވަނީ 22 ހައުސިންގ ޔުނިޓް ސަރުކާރުން އިމާރާތްކޮށްފައެވެ. އެ ޔުނިޓުތަކަށް ބޭނުންވާ ފެނާއި ކަރަންޓު އަދި ނަރުދަމާގެ ހިދުމަތް ފޯރުކޮށްދިނުމަށް މިހާރުވަނީ ފެނަކަ ކޯޕަރޭޝަނާ ޙަވާލު ކޮށްފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.