ކޯވިޑް-19: މިއަދު ޕޮޒިޓިވްވީ 93 މީހުން - 67 މީހުންނަކީ ދިވެހިން

ކޯވިޑް-19 އަށް މިއަދު ޕޮޒިޓިވް ވީ 93 މީހުންނެވެ، އެއީ 67 ދިވެހިންނާއި 26 ބިދޭސީންނެވެ.

ރާއްޖެއިން ބަލިޖެހުނު މީހުންގެ އަދަދަކީ 8834 އެވެ. މީގެ ތެރެއިން 6288 މީހަކު ބަލިން ރަނގަޅުވެފައިވެއެވެ. ބަލިން ފަސޭހަނުވެ 2509 މީހުން އެބަތިއްބެވެ. ފަސޭހަނުވާ މީހުންގެ ތެރެއިން 127 މީހުން ތިބީ ހަސްފަތާލުގައެވެ. 1034 މީހުން ތިބީ އައިސޮލޭޝަން ފެސިލިޓީތަކުގައެވެ. މިހާތަނަށް 31 މީހަކު ވަނީ މިބަލީގައި ނިޔާވެފައެވެ.

މިއަދު ބަލިޖެހުނު މީހުންގެ ތެރެއިން 7 މީހަކު ފިޔަވައި ހުރިހާ އެންމެންނަކީ ވެސް މާލެ ސަރަހައްދުން ބަލިޖެހުނު މީހުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.