ކޯވިޑް-19 އަށް ފަރުވާ ކުރަމުންދިޔަ މީހުންގެ ތެރެއިން އިތުރު 6 މީހަކު ރަނގަޅުވެއްޖެ

ރާއްޖޭގައި ކޯވިޑް-19 އަށް ފަރުވާ ހޯދަމުން އަންނަ މީހުންގެ ތެރެއިން 6 މީހަކު ބަލިން ރަގަޅުވެއްޖެކަމަށް ނޭޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓާ (އެންއޯއީސީގެ) ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ. ނޭޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓާގައި ކުރިޔަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި، މި ބަލިން ރަގަޅުވީ 6 ދިވެހިން ކަން މަބްރޫކް ފާހަގަކުރެއްވިއެވެ.

މި ބަލިން ރަނގަޅުވި 6 ކޭސްއާއި ބެހޭގޮތުން އިތުރު މައުލޫމާތު ދެމުން ޑރ އަފްޒަލް ވިދާޅުވީ މީގެތެރެއިން އެކަކު ރަގަޅުވީ އިއްޔެގެ ވަގުތެއްގައި ކަމަށާއި ބާކީ ތިބި 5 މީހުން ރަގަޅުވީ މިއަދުގެ ވަގުތެއްގައި ކަމަށެވެ. މީގެ ތެރޭގައި ހިމެނެނީ 5 ފިރިހެނުންނާއި އެއް އަންހެނަކު ކަމަށްވެސް ޑރ އަފްޒަލް ވިދާޅުވިއެވެ.

ރާއްޖޭއިން ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 982 ކަށް އަރާފައެވެ. އޭގެ ތެރޭގައި މިއަދު ރާއްޖެއިން  ފެނުނު 27 އާ ކޭސްވެސް ހިމެނެއެވެ. ރާއްޖޭގައި ކޯވިޑް-19 އަށް ފަރުވާ ދެމުންދާ މީހުންގެ ތެރެއިން 11 މީހަކު ވަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައެވެ. އެއީ ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގައި ފަރުވާދެމުން އަންނަ 2 މީހަކާއި ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ 9 މީހެކެވެ. ދަރުމަވަންތަ ހޮސްޕިޓަލުގައި އެޑްމިޓްކުރެވިފައިވާ ދެ މީހުންނަށް ވެސް ފަރުވާ ދެމުން އަންނަނީ ވެންޓިލޭޓަރުގައެވެ. ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާދެވެމުންދާ މީހުންގެ ތެރެއިން ވެންޓިލޭޓަރުގައި ތިބީ ދެ މީހެކެވެ.

 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.