ބަނގްލަދޭޝްއިން ރާއްޖެ އައި މީހެއްގެ އަތުން 4.448 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

ބަނގްލަދޭޝްއިން ރާއްޖެ އައި މީހެއްގެ އަތުން 4.448 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފައިވާކަމަށް މޯލްޑިވްސް ކަސްޓަމްސް ސާރވިސް އިން ހާމަކުރައްވައިފިއެވެ.

ކަސްޓަމްސް އިންހާމަކޮށްފައިވާ ގޮތުގައި މި މަސްތުވާތަކެތި އަތުލައިގެންފައި ވަނީ ރޭގެ ވަގުތެއްގައި ވައިގެ މަގުން ރާއްޖެއަށް އައި ޢުމުރުން 28 އަހަރުގެ، ބަނގްލަދޭޝް ރައްޔިތެއްގެ އަތުންނެވެ. އަދި އެމީހާގެ ލަގެޖް ފާސްކުރިއިރު މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ކެނަބިސްއަށް ޝައްކުކުރެވޭ ހިކިފަތްތަކެއް ފެނިގެން އެތަކެތި ފުރަތަމަ މަރުޙަލާގައި ތަޙްލީލުކުރިއިރު ކެނަބިސްއަށް ވަނީ ޕޮޒިޓިވް ވެފައެވެ. މިމަސްތުވާ ތަކެތީގެ ބަރުދަނުގައި 3.448 ކިލޯ  ހުރިއިރު މިތަކެތީގެ މަގުމަތީގެ އަގު ގާތްގަޑަކަށް 3،558،400 (ތިން މިލިއަން ފަސްލައްކަ ފަންސާސް އަށް ހާސް ހަތަރު ސަތޭކަ) ރުފިޔާއަށް އަރާކަމަށް ކަސްޓަމްސް އިން ހާމަކުރައްވައެވެ.

އަތުލައި ގަނެވުނު މަސްތުވާތަކެއްޗާއި އެ ތަކެތި އެތެރެކުރުމުގައި ޝާމިލްވާ މީހާ މިހާރު ވަނީ ފުލުހުންނާ ޙަވާލުކޮށްފައި ކަމަށްވެސް ކަސްޓަމްސް އިން ވިދާޅުވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.