ގިނަ ޢަދަދެއްގެ މަސްތުވާތަކެއްޗާއެކު ދެ ބިދޭއަކު ބަންދު ކޮށްފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން ވިދާޅުވެފައިވަނީ އެދެމީހުންގެ އަތުން ޖުމްލަ 57 ޕެކެޓު މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ.
މިމީހުން އަތުލައިގަތީ ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާރޓްމަންޓާއި މޯލްޑިވްސް ކަސްޓަމްސް ސަރވިސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށް ވެސް ފުލުހުން ވިދާޅުވެފައިވެއެވެ. ދެމީހުން ވެސް ބަންދުކޮށްފައިވަނީ މާލެއިންނެވެ.
މިމައްސަލާގައި ބަންދުކޮށްފައިވަނީ 21 އަހަރުގެ ދެ ފިރިހެނުންނެވެ. އޭގެ ތެރެއިން އެކަކު ބަންދުކޮށްފައިވަނީ ޖަނަވަރީ 12 ވަނަ ދުވަހުގެ 08:53 އެހައިކަންހާއިރު ރާއްޖެއައި ތަނުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުންނެވެ. އޭނާގެ ލަަޖެގު ބަލައި ފާސްކުރިއިރު އެއިންވަނީ 31 ޕެކެޓު ފެނިފައެވެ.
އަދި މިމައްސަލައިގައި 21 އަހަރުގެ އިތުރު ބިދޭސީއަކު ޝާމިލްވާކަމަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން، ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާރޓްމަންްޓުން ހިންގި އޮޕަރޭޝަނެއްގައި،
އޭގައި ހިމެނޭ ދެވަނަ މީހާ ބަންދު ކޮށްފައިވަނީ މިމަހުގެ 12 ވަނަ ދުވަހުގެ 15:05 އެހައިކަންހާއިރު، އެމީހާ ދިރިއުޅޭ ގޭގެ ވެރިފަރާތުގެ ހުއްދަ އާއި އެކު ބަލައިފާސްކުރިއިރު މަސްތުވާތަކެތި ފެނިގެންނެވެ. އެގެއިންވަނީ މަސްތުވާތަކެތިހުރި 26 ރަބަރު ޕެކެޓު ފެނިފައެވެ.
މިމައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވާ ދެ މީހުންގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތެއް ދެ މީހުންނަށްވެސް ދީފައިވެއެވެ.
މި މައްސަލަ ޑްރަގް އެންފޯސްޓްމަންޓް ޑިޕާރޓްމަންޓުން ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.