މަސްތުވާ ތަކެއްޗާއެކު ދެމީހަކު ވިލިގިލިން އަތުލައިގެންފި

މަސްތުވާތަކެއްޗާއެކު ދެ މީހަކު ގއ. ވިލިގިލިން މިއަދު އަތުލައިގެންފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ އެ ދެމީހުން އަތުލައިގަތީ އިންޓެލިޖެންސް ރިޕޯޓަކަށް ފަހު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ. މި މައްސަލަގައިގައި އަތުލައިގެންފައިވަނީ 30 އަހަރުގެ ފިރިހެނަކާއި 18 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން ވިދާޅުވިއެވެ. އެމީހުންނާއެކު ވަނީ މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް އަޅައިފައިވާ 20 ދަޅުވެސް އަތުލައިގެންފައި ކަމަށް ފުލުހުން ވިދާޅުވިއެވެ.

"ގއ. ވިލިގިއްޔަށް މަސްތުވާތަކެތި އެތެރެކުރާ ކަމަށް ލިބުނު އިޓެލިޖެންސް މައުލޫމާތަކީ ގުޅިގެން ވިލިގިލި ޕޮލިސް ސްޓޭޝަނުން މިއަދު ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅައިފައިހުރި 20 ދަޅާއެކު 2 މީހަކު ހައްރު ކޮށްފި،" ފުލުހުން ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.