ސްރީލަންކާ ކައިރީގައި އޮއްވާ އަލިފާން ރޯވި ތެޔޮ ޓޭންކަރުގައި އަނެއްކާވެސް ރޯވެއްޖެ

މި މަހުގެ 3 ވަނަ ދުވަހު އަލިފާން ރޯވި ބިޔަ ތެޔޮ ޓޭންކަރު އެމްޓީ. ނިއު ޑައިމަންޑްގައި ރޯވި އަލިފާން ގަނޑު ނިއްވާލެވިފައިވާކަން ސްރީލަންކާގެ ކަނޑުގެ ސިފައިން އިއްޔެ އިއުލާންކޮށްފައި ވަނިކޮށް، މިއަދު އަނެއްކާވެސް އެ ޓޭންކަރުގައި ހުޅުހިފައިފިއެވެ.

"އެމްޓީ. ޑްއިމަންޑް ސުޕަޓޭންކަރުގެ ދުންހޮޅިތައް ހުންނަ ހިސާބުން އަނެއްކާވެސް ހުޅުގަނޑު ފަޅައިގެން ހިނގައްޖެ. އަލިފާން ނިއްވާ މީހުން ދަނީ ފޯމް ބޭނުންކޮށްގެން އަލިފާންގަނޑު ނިއްވާލުމުގެ މަސައްކަތްކުރަމުން." ކަނޑުގެ ސިފައިންގެ ތަރުޖަމާނު ކެޕްޓަން އިންޑިކާ ވިދާޅުވިއެވެ.

ބޭރުގެ ބައެއް ރިޕޯޓަރުނަށް މައުލޫމާތު ދެއްވަމުން އޭނާ ވިދާޅުވި ގޮތުގައި "އަލިންހުރީ ކަންބޮޑުވާން ޖެހޭ ދަރަޖައަކަށް. އެހެންނަމެސް އަހަރުމެން އުއްމީދުކުރަނީ އަހަރުމެންނަށް އެ އަލިފާންގަނޑު ކޮންޓުރޯލު ކުރެވޭނެކަމަށް."

ޕެނަމާގައި ރަޖިސްޓަރީކޮށްފައިވާ އެމްޓީ. ޑައިމަންޑު ކުވޭތުގެ މީނާއު އަލްއަޙްމަދީން ތެޔޮ ބަރުކޮށްގެން ދަތުރުކުރަމުން ދިޔައީ އިންޑިޔާގެ ޕަރާދީޕް ބަނދަރެށެވެ. އެ ޓޭންކަރުގައި 2 ލައްކަ 70 ހާސް ޓަނުގެ ސާފުނުކުރާ ތެލާއި 17 ހާސް ޑޮލަރުގެ ޑީސަލް އެބަހުއްޓެވެ.

ޓަގު ބޯޓުތަކުން މިހާރު އެ ޓޭންކަރު ސްރީލަންކާއާ ފެއަށް ގެންގޮސްފައިވާއިރު، 2 މިލިއަން ފީފާ ތެޔޮ ހުރި އެ ޓޭންކަރުން ކަނޑަށް ތެޔޮ ބޭރުވާން ފަށައިފިނަމަ އެކަން ވެގެންދާނީ ތިމާވެށީގެ ބޮޑު ކާރިސާއަކަށެވެ. އެހެންނަމަވެސް، ސްރީލަންކާގެ ކަނޑުގެ ސިފައިން ބުނެފައިވާ ގޮތުގައި ޓޭންކަރުން ތެޔޮ ބޭރުވެދާނެ ކަމުގެ ބިރެއް އަދި ނެތެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.