މިނިވަންކަމުގައިވެސް ހައްދެއް އޮންނާން ވާނެ ކަމަށް ވިދާޅުވެ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ހަށިކޮޅަށް ގެއްލުމެއް ދޭން މީހަކު ގޮވައިލީ ގޮވައިލުމާ ދެކޮޅަށް މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމެންޓް އަޙްމަދު މަހްލޫފް ޓްވީޓް ކުރައްވައިފިއެވެ.
މަޙްލޫފް ވިދާޅުވެފައިވާ ގޮތުގައި ޗެނަލް 13 ގެ ޕްރޮގްރާމެއްގައި ފޯނުން ބައިވެރިވީ މީހަކު ފާޅުކުރި ޚިޔާލަކީ މިނިވަން މީޑިއާ އާއި ޚިޔާލު ފާޅުކުރުމުގެ ިމުން ބޭރުވެ ހައްދަު ފަހަނައެޅުމެވެ.
"މިހިސާބަށް ކަންތައް ދިޔައީމާ ފިޔަވަޅު އަޅާން ޖެހޭ.} މަޙްލޫފްގެ ޓްވީޓްގައި ވެއެވެ.
ޗެނަލް 13 ގައި ފޯނުން ވާހަކަ ދެއްކި ކޮޅުމަޑުލު މީހާ ބުނެފައި ވަނީ އޭނާއަށް ފެންނަ ގޮތުގައި ދެން ކުރަންވީ ކަމަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ހަށިކޮޅުގައި އަލިފާން ޖެހުމެވެ. މި މައްސަލަ ފުލުހުންނާއި މޯލްޑިވްސް ބްރޯޑްކާސްޓް ކޮމިޝަނުން މިހާރު ގެންދަނީ ބަލަމުންނެވެ.
ޗެނަލް 13 އިން ބުނެފައިވާ ގޮތުގައި ޕްރޮގްރާމްގައި ވާހަކަދެއްކި މީހާ ފާޅުކުރީ އޭނާގެ އަމިއްލަ ޚިޔާލެކެވެ. އެ ވާހަކަ ވަގުތުން ފޮނުވުނީތީ މައާފަށް އެދޭ ކަމަށްވެސް ޗެނަލް 13 އިން ވަނީ ބުނެފައެވެ.
Minivan kamugaives hahdhehvey.
Miee minivan media aai khiyaalufaalhukurumuge imunbeyruve hahdhufahanaelhun.
Mihisaabah kankan dhiyaima fiyavalhu alhanjehey. pic.twitter.com/0y2NxLyhv7
— Ahmed Mahloof (@AhmedMahloof) September 4, 2020