ސީއެސްސީގެ ރައީސް ޑޮކްޓަރ ޢަލީ ޝަމީމް އިސްތިއުފާ ދެއްވައިފި

ސިވިލް ސަރިވިސް ކޮމިޝަންގެ ރައީސް ޑޮކްޓޠަރ ޢަލީ ޝަމީމް މިއަދު ހެނދުނު އިސްތިއުފާ ދެއްވައިފިއެވެ. މިކަން ހާމަ ކުރެއްވީ މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ފެށްޓެވުމުގެ ގޮތުން ވާހަކަފުޅު ދައްކަވަމުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދެވެ.

ޑޮކްޓަރ ޢަލީ ޝަމީމް ސިވިލް ސަރިވިސް ކޮމިޝަންގެ ރައީސް ކަމަށް އައްޔަން ކުރެވުނީ 18 އޯގަސްޓް 2015 ގައެވެ. 18 އޯގަސްޓްގައި ފުރަތަމަ ހަމަޖެހުނީ ކޮމިޝަނަރަކަށެވެ. ރައްޔިތުންގެ މަޖިލީހުން އޭނާގެ މަގާމަކީ ކޮމިޝަންގެ ރައީސް ކަމަށް ހަމަޖެއްސެވީ ހަމަ އެ އަހަރުގެ އޯގަސްޓު މަހުގެ 24 ވަނަ ދުވަހުއެވެ.

ޑޮކްޓަރ ޢަލީ ޝަމީމް ސިވިލް ސަރވިސްގެ ވަޒީފާއާ ގުޅިވަޑައިގަތީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒުންނެވެ. އެ މިނިސްޓްރީގައި 11 އަހަރު ހގޭދަކުރެއްވިއެވެ. އޭގެ ފަހުން ބަދަލުވެވަޑައިގަތީ ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށެވެ. މަޖިލީހުގެ އިދާރާގައި 5 އަހަރު ދުވަހު ވަޒީފާ އަދާކުރެއްވިއެވެ. އޭގެ ފަހުން ދިވެހިރާއްޖޭގެ ހިއުމަން ރައިޓްސް ކޮމިޝަނަރުކަން 5 އަހަރު ވާންދެން އަދާ ކުރެއްވިއެވެ.

ސިވިލް ސަރވިސް ކޮމިޝަންގެ ހަތަރު މެންބަރަކު ވަކި ކުރެއްވުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އޮތީ އެޖެންޑާ ކުރެވިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.