ކޮރޯނާވައިރަސް ޖެހުނު 107 އަހަރުގެ އަންހެނަކު ބަލިން ރަނގަޅުވެއްޖެ

ކޮރޯނާވައިރަސްގެ ޝިކާރައަކަށްވި އެމެރިކާގެ 107 އަހަރުގެ އަންހެނަކު ބަލިން މުޅިން ރަނގަޅުވެއްޖެއެވެ.

ކޮރޯނާވައިރަސް ޖެހޭ މީހުންގެ އަދަދު ބައެއް ގައުމުތަކުގައި މަދުވަމުން ދިއަޔަސް އަނެއްބައި ގައުމުތަކުގައި ވައިރަސްޖެހޭ މީހުންގެ އަދަދު ދަނީ ހައިރާންވާންޖެހޭ ވަރަށް އިތުރުވަމުންނެވެ.

އުމުރުން ދުވަސްވީ މީހުންނަށް ކޮރޯނާވައިރަސް ޖެހުމުން ފުރާނައަށް ނުރައްކާވާކަމަށް ދިރާސާ ތަކުން ދައްކަމުން ދިޔަކަމަށްވިޔަސް އެމެރިކާގެ ނިއުޖާޒީގެ އުމުރުން 107 އަހަރުވީ އަނާ ޑެލް ޕްރިއޯރޭ ވަނީ ގިނަ ބަޔަކު ހައިރާންވާފަދަ ގޮތަކަށް ބަލިން މުޅިން ރަނގަޅުވެފައެވެ.

ހޮސްޕިޓަލުގައި އެނދުމަތިކޮށްގެން އަނާއަށް ފަރުވާދިނުމަށްފަހު ރަނގަޅުވުމުން އޭނާ ވަނީ މިހާރު ގެއަށްފޮނުވާލާފައެވެ. ދުނިޔެއަށް ކުރިމަތިވި ބޮޑު ވަބާއެއްކަމުގައިވާ ސްޕެނިޝް ފުލޫ ވެސް އުމުރުން އެންމެ ހަ އަހަރުގައި އޭނާއަށް ވަނީ ޖެހި، ރަނގަޅުވެފައެވެ.

ކޮރޯނާވައިރަހަށް ބޭސްފަރުވާކޮށް ރަނގަޅުވެގެން ގެއަށް ދެވުމުން އަނާ ވަނީ އޭނާގެ މާމަދަރިއަކާއެކު ނަށައި އުފައު ފާޅުކޮށްފައެވެ.

މިއަދު ހަވީރު ފަހެއްގެ ޚަބަރުތަކަށް ބަލާއިރު މިހާތަނަށް އެމެރިކާގެ 5576089 މީހުންނަށް ކޮރޯނާވައިރަސް ޖެހި  174290 މީހުން ވަނީ އެބަލީގައި މަރުވެފައެވެ.

މުޙައްމަދު ސަޢީދު މޫސާ ވަޖުދީ
މުޙައްމަދު ސަޢީދު މޫސާ ވަޖުދީއަކީ ނޫސްވެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ތަޖުރިބާކާރު ނޫސްވެރިއެކެވެ. ގައުމީ އިނާމާއި އަދި އެހެނިހެން ޝަރަފުވެރި އިނާމު ހޯއްދަވައިފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.