މާސްކު ނޭޅުމުން ފްލައިޓުން ބާލާއިފި

އެމެރިކާގެ އެއާރލައިނެއްގެ އުދުހޭ ބޯޓަކުން ދަތުރުކުރަން އަރައިއިން މީހަކު މާސްކު އަޅަން ދެކޮޅު ހެދުމުން ބޯޓުން ބާލައިފިއެވެ. މިއީ ތާރީޚުގައި މިފަދަކަމެއް ހިނގި ފުރަތަމަ ފަހަރެވެ.

އެމެރިކާގެ ނިއުސް އެޖެންސީއަކުން ކުރި ޓްވީޓެއްގައި ބުނެފައިވަނީ ދަތުރުވެރިޔާ ބޯޓުން ބޭލީ ކޮރޯނާވައިރަހުން ދިފާއުވުމަށް އެމީހާ އަޚްލާޤީ ގޮތުން އަޅަންޖެހޭ ފިޔަވަޅު އެޅުމަށް ދެކޮޅުހެދުމުން ކަމަށެވެ.

އެމެރިކާގައި ވައިގެ ދަތުރުފަތުރުގެ ޚިދުމަތް ދޭ ކުންފުނިތަކުން މިދިޔަ ހަފުތާއިން ފެށިގެން ވަނީ މާސްކު އެޅުމުގެ ސިޔާސަތު ކުރިއަށްވުރެ ހަރުކަށިކޮށްފައެވެ.

ކޮރޯނާވައިރަސް އެންމެ ގިނަ ބަޔަކަށް ޖެހިފައި ވަނީ އެމެރިކާއިންނެވެ. އަދި ކޮރޯނާވައިރަހުގައި އެންމެ ގިނަ މީހުން މަރުވެފައި ވަނީ ވެސް އެމެރިކާއިންނެވެ.

ހޮނިހިރުދުވަހުގެ މެންދުފަހުގެ ޚަބަރުތަކަށް ބަލާއިރު އެމެރިކާއިން 2222576  މީހުންނަށް ބަލިޖެހިފައިވާއިރު ބަލީގައި 119131 މީހުން ވަނީ މަރުވެފައެވެ.

ފުރަބަންދަށްފަހު ވައިގެ ދަތުރުފަތުރުތައް ފަށާއިރު ކޮރޯނާވައިރަހުން ރައްކާތެރިވުމަށް ދުނިޔޭގެ ހުރިހާ އެއާރ ލައިންތަކުން ވެސް ވަނީ ހަރުދަނާ ފިޔަވަޅުތަކެއް އަޅަން ނިންމާފައެވެ.

މުޙައްމަދު ސަޢީދު މޫސާ ވަޖުދީ
މުޙައްމަދު ސަޢީދު މޫސާ ވަޖުދީއަކީ ނޫސްވެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ތަޖުރިބާކާރު ނޫސްވެރިއެކެވެ. ގައުމީ އިނާމާއި އަދި އެހެނިހެން ޝަރަފުވެރި އިނާމު ހޯއްދަވައިފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.